ވަޒީރު ޠާރިޤް އިބްރާޙީމް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Jul 2024 | 11:29
ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައި ހުރީ ޕްލޭނެއް ނެތި؛ އެ މައްސަލަ މިހާރު މި ދިމާވަނީ: ޠާރިގު

ނިމިދިޔަ ސަރުކާރުގައި ފެނަކައިން ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްފައި ހުރީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ކުރީ ސަރުކާރުގައި، ފެނަކައިން ފަށައި ނަމަވެސް ކުރިއަށް ނުގޮސް ހުރި މަޝްރޫއުތަކާއި ގުޅެގޮތުން މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ގިނަ މަޝްރޫތަކެއް މިވަގުތު ހުއްޓިފައި ހުރި ކަމަށާއި، ކުރީ ސަރުކާރުން މަސައްކަތްކޮށްފައި ހުރީ އެއްވެސް ގޮތަކަށް އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަންދީގެން ނޫން ކަމަށެވެ. 

މިވަގުތުވެަސް އާބާދީ ބޮޑެތި ރަށްރަށުގައި ހުރީ، އެ ރަށް ރަށަށް ބޭނުންވާ، ޚާއްސަކޮށް ކަރަންޓަށް ނޫނީ ޕަވަސިސްޓަމަށް ބޭނުންވާ މަސައްކަތް ހުއްޓިފައި. އެގޮތުން، އައްޑޫ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުދުއްފުށީގައި އޮތީމަސައްކަތް ހުއްޓިފައި. މިހުރިހާ ތަނެއްގައިވެސް މެދެއްހާ ތަނަށް ކުރިއަށް ގޮއްސަ ހުއްޓިފައި ހުރީ، އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކުރީ ފެނަކަ އެޑްމިނިސްޓްރޭޝަނުން، ކުރީ ސަރުކާރުން ޕަވަސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައި ހުރީ. އެހެންވީމާ، އެ މައްސަލަ މިއަދު އަޅުގަނޑުމެންނަށް މި ދިމާވަނީ. ކަރަންޓް ސިސްޓަމް ތަކުގެ މަސައްކަތް ރަނގަޅަށް ކޮށްފައި އޮތް ނަމަ މިއަދު އޮންނާނީ ގާއިމް ކުރެވިފައި. 

ވަޒީރު ޠާރިޤް އިބްރާޙީމް

މިއާއެކު ވަޒީރު ތޯރިގް ވިދާޅުވީ، މިހާރުގެ ފެނަކައިން އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަަ ކަމަށެވެ. މިގޮތުން، އެ ރަށްތަކުގެ ކޮންޓްރެކްޓު ބަދަލުކޮށްގެން ނުވަތަ ކުރީގެ ކޮންޓްރެކްޓަރާ ގުޅިގެން ވިޔަސް އެ މަޝްރޫއުތައް އަވަސް ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ޠާރިގު މިހެން ވިދާޅުވެފައިވާއިރު އައްޑޫ އަދި ކުޅުދުއްފުށީގެވެސް ކަރަންޓް މައްސަލަ ދޭތެރެއިން ޖެހި ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ އުނދަގޫ ތަކާއި ކުރިމަތިވެ ކަންބޮޑުވުންތައް ދޭތެރެއިން އަންނަނީ ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.