ހުޅުމާލެ ދެވަނަ ފިޔަވަހީގައ މިއަދު ހިނގި އެކްސިޑެންޓް-- ފޮޓޯ: ވޮއިސް
ހަބަރު
31 Jul 2024 | 16:31
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި؛ އަނިޔާވި މީހާގެ ހާލު ސީރިއަސް!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މެންދުރުގެ ވަގުތެއްގައި ލިބުނު ކަމަށެވެ.

އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހިގެންކަމަށާއި، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ގައި އިން ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައ މިއަދު ހިނގި އެކްސިޑެންޓް-- ފޮޓޯ: ވޮއިސް

އެމީހާގެ ހާލު ސިރީއަސްއިރު، ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ރިފަރ ކޮށްފައިވާނެކަމަށެވެ. 

މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް ދައުރުވަމުންދާއިރު، އޭގެން ފެންނަ ގޮތުގައި، ސައިކަލެއް ގައި އައި މެދު އުމުރުގެ މީހަކު މަގުގެ އަރިމައްޗެއްގައި މަޑުކޮށްގެންލައިގެން ހުއްޓާ ކޮންޓްރޯލުން ނައްޓާފައި ހުރި ރަތް ކުލައިގެ ކާރެއް އައިސް އެމީހާ ގައިގައި ޖެހުމާއި އެކު އޭނާ ވިއްސައިގެން ދެއެވެ.

މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމުން ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ޖައިލް
ކޮން މެދު އުމުރެއް، އެއީ 31 އަހަރު ޒުވާނެއް ގާތް އެކުވެރިއެްވެސް މެ
31 Jul 2024
Ahmed Aseel
އެފަދަ ކަންކަން ހިންގަން ހިތްވަރު ލިބެނީ ފުލުހުން އެކަންކަމާ އަޅާ ނުލާއި ރޭސް ޖަހާ ކާރުތަކާ ގުޅޭ މައުލޫމާތު ލިބި ތިބެމެ، ޒިބްރާ ކްރޮސް ބަލަހަށްޓާ ބައެއްގެ ގޮތުގައި މަސައްކަތް ކުރާތީ.
31 Jul 2024
މުހައްމަދު ޒަކީ
ދުއްވާ އިރު ރަގަޅަށް ބަލައި ގެން ދުއްވާނަމަ މިކަހަލަ ކަންކަން ނުވާނެ
31 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.