ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު:ފޮޓޯ/ މަޖިލިސް
ހަބަރު
12 Aug 2024 | 09:31
ގުޅީފަޅުން އިންވަކިކޮށް ގޯތި ދޫކުރެވެން އޮތީ ބްރިޖުގެ މަސައްކަތް ނިމުމުން: ވަޒީރު ހައިދަރު

ކުރީގެ ރައީސް، އިބްރާޙީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅި ފަޅުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ އިން ވަކިކޮށް، ގޯތި ހަވާލުކުރެވެން އޮތީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރު ހައިދަރު މަޖިލީހަށް ހާޒިރު ކުރައްވާފައިވާއިރު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރާނެ އިރަކާއި ގުޅޭގޮތުން ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާޙީމް (ކުޑޫ) ވަނީ ވަޒީރާ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގުޅިފަޅުން ދޫކޮށްފައިވާ ގޯތި ތަކުގެ އިން ވަކިކޮށް ގޯތި ހަވާލުކުރެވޭނެ ތާރީޚް ދަންނަވަން ދަތި ކަމަށެވެ.

އޭގެ ސަބަބެއް ކަމުގައި ވަޒީރު ވިދާޅުވީ، ގުޅިފާޅުގެ ބިން ހިއްކައި ނުނިމުން ކަމަށެވެ. އަދި ގުޅީފަޅަކީ ތިލަމާލޭ ބްރިޖުގެ މަސައްކަތަށް ވްރަށް ބޮޑަށް ބޭނުންކުރަމުންދާ ސަރަހައްދެއް ކަމަށް ވުމުން، އެ މަސައްކަތް ކުރިއަށްދާއިރު ގޯތި ދޫކުރެވެން ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ބްރިޖުގެ މަސައްކަތަށް އެ ސައިޓް ބޭނުންކުރަމުން ދާއިރު އެތަނުން ބިން އެލޮކޭޓް ކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމައި. އެއީ އެތަނުގައި ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވައި، ކޮންމެ ދުވަހަކުވެސް ދަތުރުކޮށް ހަދާ. ކުރިން ދޫކޮށްފައިހުރި ގޯތިތަކުގެ އަންމުޑިތައްޗެސް އެއްކޮށް ހަލާކުވެގެމް ހިނގައްޖެ އެކަމާހެދި. އެހެންވީމާ، ބިން ވަކިކޮށް ހަވާލުކުރެވޭނީ އެމަސައްކަތް ނިމުނީމާ. އެއީ އަންނަ އަހަރުގެ ސެޕްޓެމްބަރ ހާ ތަނުގައި ކަމަށް އިމާރާތް ކުރުމާއި ބެހާ ވުޒާރާއިން މައުލޫމާތު ދެނީ  

ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ގުޅިފަޅުން ބިން ދޫކޮށްފައިހުރީ މީހުން ދިރިއުޅެން އެކަށީގެންވާ ކަހަލަށް ގޮތަކަށް ނޫން ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން އެތަނުގައި ތަކްލީފަކާއި ނުލައި، މީހުންނަށް އުޅެވޭނެ ގޮތަށް، އުމްރާނީ، އިގްތިޞާދީ އަދި އިޖްތިމާޢީ ވަސީލަތްތަކާއި އެކީގައި، އެތަނުގެ ލޭންޑްޔޫސް ޕްލޭނެއް ތައްޔާރުކޮށް، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާ މަޝްވަރާކޮށް ބަދަލުތައް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ލޭންޑްޔޫސް ޕްލޭން އޮތީ ފާސްކުރުމުގެ މަރުހަލާގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ، ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މައުލޫމާތު ދެއްވާފައިވާ ކަމަށާ،އެ މަސައްކަތް ނިމޭނެ ވަކި ދުވަހެއްވެސް ވިދާޅެއް ނުވާ ކަމަށް ވަޒީރު ހައިދަރު ވިދާޅުވި އެވެ.

އަދި ގުޅީފަޅުން 85 ހެކްޓަރުގެ ބިން ހިއްކަންޖެހޭކަންވެސް ހައިދަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް
އަހްމަދް ރަސީދު
ދެވަނަ ވިސްނުމަކަށް ދާންޖެހޭ ރައްޔިތުން ވެރިކަން ބަދަލު ކުރީ ފޮނި އުއްމީދު ތަކަކާއި އެކު.
12 Aug 2024
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.