ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު: ފޮޓޯ/ މަޖިލިސް
ހަބަރު
12 Aug 2024 | 13:30
ޮ މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއްް ފެށޭނެ: ޑރ. ހައިދަރު

މިއަހަރު ނިމުމުގެކުރިން ބޯހިޔާވެހިކަމުގެ އައު، އަދި ބިޔަ މަޝްރޫއެއް ފަށާނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވަނީ، ބޯހިޔާވަހިކަމަށް މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެއްވާ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނާއިރު، ބޯހިޔާވަހިކަމުގެ އެއްވެސް އައު މަޝްރޫޢުއެއް އެއްވެސް ސަރަހަައްދެއްގައި މި ސަރުކާރުން ފެށިތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވުދާޅުވީ، މި ސަރުކާރާއި ހަވާުވިއިރު، ކުރީ ސަރުކާރުން ފަށާފައި ހުރި ބޯހިޔާވަހިކަމުގެ ވަރަށް ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފައި ކަމަށެވެ. 

އެހެންކަމުން، އައު މަޝްރޫޢުއެއް ފެށެން އޮތީ، އެ މައްސަލަހައްލުކޮށް، އެ މަޝްރޫއުތައް އަލުން ފަށައިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުން މިވަގުތު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ. އަދި އައު މަޝްރޫޢުއެއް ފެށިގެން ކުރިއަށްދާތަން ނުފެންނަނީވެސް، އެ ސަބަބާއި ހުރެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެން ނަމަވެސް، އަޅުގަނޑު ޔަގީންކަންދެން ، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ، އައު މަޝްރޫޢުއެއް، ބޯހިޔާވަހިކަމުގެ ވަރަށް ބޮޑު މަޝްރޫޢުއެއް ފެށިގެންދާނެ

ވަޒީރު ޑރ އަލީ ހައިދަރު އަހުމަދު

އެ މަޝްރޫޢުއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ވަޒީރު ދެއްވާފައި ނުވެއެވެ. 

މި ސަރުކާރުގެ އެންމެ ބިޔަ ބޯހިޔާ ވަހިކަމުގެ މަޝްރޫޢު، ފުށިދިއްގަެރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢުވެސް މިހާރު ފެށިފައިވާއިރު، އެއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު ކަމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.