ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله: ފޮަޓޯ/ މަޖިލިސް
ހަބަރު
15 Aug 2024 | 13:05
ޢަބްދުއްރަޙީމްގެ ސްޕީޑް ބާރުކަމުން އެއާ އަރާ ހަމަކުރުމަށް އަޅުގަނޑަށް އުނދަގޫ ވެގެން މިއުޅެނީ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުالله، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ހަލުއި ދުވެލީގެ ސަބަބުން، އެއާއި އަރާ ހަމަކުރެއްވުމަށް، އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ބިލަކީ ފައިދާ ހުރި ބިލެއް ކަމެއް ނުވަތަ ނޫންކަމަށް ކަނޑައެޅޭ މިންވަރަށް ބިލާބެހޭ މައުލޫމާތު އަދި ހޯދިފައި ނުވާ ކަމަށެވެ. 

އެގޮތަށް ދިމާވީ، މަޖިލީހުގެ ރައީސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ސްޕީޑާ އަރާ ހަމަ ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އޭނާ ވިދާޅުވީ ހަތަރު ކޮމިޓީއެއްގައި އޭނާ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަމުން ދާއިރު، މަޖިލީހުގެ ރައީސް، މަސައްކަތްތައް ކުރިއަށް ގެންދަވާ ސްޕީޑާ އެއްވަރަށް އޭނާއަށް އަރާ ހަމަ ނުކުރެވޭ ކަމަށެވެ. 

އެގޮތުން، އިއްޔެ އާއި އޭގެ ކުރިންވެސް މުހިންމު ދެ ބިލެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔައިރު ބަހުސް ކުރެއްވުމުގެ ފުރުސަތު ލިބި ނުލައްވާ ކަމަށާ، އެގޮތަށް ކަން ދިމާވީ ތައްޔާރު ނުވެވޭތީ ނޫންކަމަށާ، އެހެނެއް ކަމަކު ކޮމިޓީގެ މަސައްކަތުގައި އުޅެމުން ވަގުތު ނުދެވުމުން އޭނާ ވިދާޅުވިއެވެ. 

އިއްޒަތްތެރި ރައީސް މަޖިލީހުގެ މަސައްކަތް ތިޔަ ގެންދަވާ ސްޕީޑުން، މަޖިލީހުގައި މިތިބަ ޒުވާން މެންބަރުންނަށް ފޮޮލޯ ކުރެވުނަސް އަޅުގަނޑަށް ތަންކޮޅެއް ދަތިވޭ އެ ސްޕީޑުގައި މަސައްކަތްކުރަން. އެއީދެން މައްސަލައެއް އަނެންހެން އޮތީކީއެއްނޫން އެހެން ނަމަވެސް، ރޭގަނޑަށް އެޖެންޑާ ތަންކޮޅެއް ލަހުން ލިބުނީމަ އަޅުގަނޑުމެން ހޭލައިގެން ތައްޔާރުވެލަން ތަންކޮޅެއް ދަތި… ސްޕީޑް އިއްޒަތްތެރި ރައީސްގެ މާ ބޮޑަށް ތަފާތުވެގެން މިއުޅެނީ. ބާރުވެގެން މިއުޅެނީ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މިއާއެކު ޒިޔާދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ސްޕީޑް ބާރު ނަމަވެސް، ސަރުކާރުގެ ސްޕީޑު ދަނީ ވަރަށް “ސްލޯ” ކޮށް ކަމަށެވެ. އެގޮތުން، 3 މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ކުރައްވާފައިވާ މަސައްކަތާއި މި ސަރުކާރުން 9 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާ ނުބައްދަލު ކަމަށް އޭނާ ވިދާޅުވިއެވެ. 

“ވަރަށް ބާރު ސްޕީޑުގައި ތިޔަ ކުރިއަށް ގެންދަވަނީ. އަޅުގަނޑު އުއްމީދުކުރަން ނަތީޖާ ރަނގަޅުވާނެ ކަމަށް”

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.