ކަނޑު އޮތްގިރިއަށް އެމްއެންޑީއެފުން ޒިޔާރަތްކުރުން: ފޮޓޯ/މިފްކޯ
ހަބަރު
23 Aug 2024 | 18:43
ކެބިނެޓްގެ ނިންމުމާ އެއްގޮތަށް، މިފްކޯއަށް ހުޅުމާލެއިން ބިމެއް ލިބޭގޮތަށް ކަނޑުއޮތްގިރި ދޫކޮށްލަނީ!

މިފްކޯގެ ރަށެއް ކަމުގައިވާ ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ރައީސުލްޖުމްހޫރިޔާގެ ކެބިނެޓުގެ މަޝްވަރާއިން ނިންމެވުމާގުޅިގެން އެރަށުގައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ވިދާޅުފައެވެ.

އަދި، މިމަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައިވެސް، ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. 

އެ ނިންމެވުމާއި އެއްގޮތަށް ހުޅުމާލެއިން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް މިމަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހުން މިފްކޯގެ އިތުރުން އެޗްޑީސީއަށްވެސް އަންގަވާފައިވާއިރު، މިފްކޯއިން މިހާރު ދަނީ، އެކަމަށް އެކަށީގެންވާ ވަރުގެ ބިމެއް ހޯދުމާއި ގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން، މިފްކޯގެ މެނޭޖުމެންޓާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުން އިއްޔެ ކަނޑުއޮތްގިރިއަށް ވަޑައިގެން ސައިޓް އިންސްޕެކްޝަނެއް ހައްދަވާފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. 

ކަނޑު އޮތްގިރިއަށް އެމްއެންޑީއެފުން ޒިޔާރަތްކުރުން: ފޮޓޯ/މިފްކޯ

ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ. އެހެން ކަމުން މިފްކޯއިން އެޗްޑީސީގައި އެދިފައިވަނީ އެ ފެސިލިޓީ އެއްކޮށް ގާއިމްކުރެވޭނެ ބިމެއް ހުޅުމާލެއިން ހޯދުމަށެވެ.

ކެބިންޓެގެ ނިންމެވުމާއެކު ކަނޑުއޮތްގިރި ފެސިލިޓީގެ މަސައްކަތް މިވަގުތަށް މެދުކެނޑިފައިވީނަމަވެސް މިފްކޯއިން މިހާރު ދަނީ އެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

"ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް." މިފްކޯއިން ބުންޏެވެ.

ކަނޑު އޮތްގިރިއަށް އެމްއެންޑީއެފުން ޒިޔާރަތްކުރުން: ފޮޓޯ/މިފްކޯ

މިފްކޯއިން ވަނީ ސައުދީ ލޯނު ފަންޑުގެ ދަށުން 5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް ކޮށްފައެވެ. އަދި ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން 8 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކުރެވިފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ މިފްކޯއިން ދެކޭގޮތުގައި ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެކެވެ.

ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ. އަދި މިކަމާގުޅިގެން އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން މިހާރު ކުރިއަށް ގެންދަނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.

އަދި އެއީ ވަގުތީ ހައްލެއް ނަމަވެސް އެކުންފުނިން އަމާޒު ހިފާފައި ހުރީ، ލިބިފައިހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ބޭނުން ހިފައި، ވީހާވެސް އަވަހަކަށް ހުޅުމާލެއިން އެމަސައްކަތް ކުރުމަށް އެކަށީގެންވާ ބިން ހޯދައިގެން ފުޅާދާއިރާއެއްގައި އެ ހިދުމަތްތައް އަލުން ދިނުން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ