ރުޅި ގަދަވެފައިވާ ކުއްޖެއް: ފޮޓޯ/ ގޫގުލް
ލައިފްސްޓައިލް
25 Aug 2024 | 08:05
ދަރިފުޅު ކުދި ކުދި ކަންކަމާ މާ ބޮޑަށް ރުޅި ގަދަވާ މައްސަލަ ހައްލު ކުރުމަށް މިކަންކަން ކޮށްލާ

ކުޑަކުދިންގެ ރުޅިވެރިކަމާ ކުރިމަތިލުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް މިކަން މެނޭޖްކޮށް ކުޑަކުރުމަށް އެހީތެރިވެދިނުމަށް މައިންބަފައިންނާއި ބެލެހެއްޓުންތެރިންނަށް ބޭނުންކުރެވޭނެ ފައިދާހުރި ސްޓްރެޓެޖީތަކެއް އެބަހުއްޓެވެ. ދަރިން މާ ރުޅިގަދަވެއްޖެނަމަ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ  ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

1. އަސްލު ސަބަބު ދެނެގަތުން

އޮބްޒަރވޭޝަން އެންޑް ކޮމިއުނިކޭޝަން: ދަރިފުޅު ރުޅިއަންނަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭށެވެ. އެއީ މާޔޫސްކަމާއި، ބިރުވެރިކަމާއި، ނުވަތަ ކަމެއް ކުރަން ނޭނގުމުން އެކަމާ ހިތްހަމަނުޖެހުމުން އަންނަ ރުޅިއެއްތޯ ނުވަތަ އެނޫންވެސް ކަމަކާއި ހުރެ އަންނަ ރުޅިއެއްތޯ ދެނެގަންނާށެވެ. އެގޮތުން، ދަރިފުޅުގެ އިޙްސާސްތަކާއި ފިކުރުތައް ދެނެގަތުމަށްޓަކައި ދަރިފުޅާ ވާހަކަ ދައްކާށެވެ.

ޖަޒުބާތު ތަކާމެދު ކުއްޖާ ހޭލުންތެރިކުރުން: ދަރިފުޅުގެ ޖަޒުބާތުތައް ދެނެގަނެ އެ ޖަޒްބާތުތަކުގެ ކޮބައިކަން ނުވަތަ އޭގެ ނަން ކިޔުމަށް ދަސްކޮށްދޭށެވެ. އެގޮތުން، ރުޅިއައުން، ބިރު ގަތުން، ދެރަވުން، ހާސްވެ ކަންބޮޑުވުން، އުފާވުން، ހިތްޖަމަޖެހުން ފަދަ ޖަޒުބާތުތަކާއިމެދު ހޭލުންތެރި ކުރުވާށެވެ. މިއީ އެމީހުންނަށް އިހުސާސް ކުރެވެމުންދާ ކަންކަމާއި އެ އިހްސާސް ކުރެވެނީ ކީއްވެގެންކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2. މޮޑެލް ކަލްމް ބިހޭވިއަރ

މިސާލަކުން ލީޑްކުރުން: ކުޑަކުދިން ގިނަ ފަހަރަށް ބޮޑެތި މީހުންގެ ސުލޫކު ނަކަލުކުރެއެވެ. އެހެންކަމުން، މައިންބަފައިން ރުޅިއަންނަ ވަގުތު ތަކުގައި، މަޑުމައިތިރިކަމާއި ބިނާކުރަނިވި ގޮތެއްގައި ރުޅި ކޮންޓްރޯލްކުރާގޮތް ކުދިންނަށް ދައްކާށެވެ.

ސްޓްރެސް މެނޭޖްކުރާނެ ގޮތް ދައްކައިދިނުން: ސްޓްރެސް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަން ދަރިންނަށް މައިންބަފައިންގެ ފަރާތުން ފެނުމަކީވެސް އެކުދިންގެ ސްޓްރެސް މެނޭޖްކޮށް ރުޅިމަޑުކުރުމަށް އެ އެކަންކަން ޚިޔާރުކުރަން މަގުފަހުކޮށްދޭނެ ކަމެކެވެ. އެގޮތުން، ފުންކޮށް ނޭވާލުން، ކަސްރަތުކުރުން، ނުވަތަ އިހުސާސްތަކުގެ ވާހަކަ ދެއްކުން ފަދަ ކަންކަން ކުރެވިދާނެއެވެ. 

3. ކޯޕިންގ ސްކިލްސް ދަސްކޮށްދިނުން

މައްސަލަ ހައްލުކުރުމުގެ ހުނަރު: ދަރިފުޅު ރުޅިއަރުވާލާ މައްސަލަތަކަށް ހައްލު ހޯދުމަށް ހިތްވަރު ދޭށެވެ. މިއީ އެމީހުންނަށް ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެކެވެ. 

4. ޕޮޒިޓިވް ރިއިންފޯސްމަންޓް

ދަރިފުޅު ރުޅިއަންނަ ވަގުތު ތަކުގައި އެކަން ހައްލު ކުރުމަށް މަސައްކަތްކޮށް، ރުޅިކޮންޓްރޯލް ކުރާ ފަހަރު ތަކުގައި، އެކަންކަމަށް ތައުރީފުކޮށް އިނާމު ދިނުމަކީވެސް އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެކެވެ. އެގޮތުން، އިނާމެއްގެ ގޮތުން، ކުއްޖާއަށް މީރު އެއްޗެއް ކާން ދިނުން، ނުވަތަ ލޯބިން ބައްދާލާ ބޮސްދިނުން ނުވަތަ ކުއްޖާ އެންމެ ދާހިތްވާ ތަނަކަށް ގެނގޮސްލަ ދިނުން ފަދަ ކަންކަންވެސް ކުރެވިދާނެއެވެ. ޕޮޒިޓިވް ރިއިންފޯސްމަންޓަކީ ރަނގަޅު ސުލޫކަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. 

5. އެކްސްޕްރެޝަން އަށް ރައްކާތެރި ޖާގައެއް ހޯދައިދިނުން

އޮޕަން ކޮމިއުނިކޭޝަން: އަދަބެއްގެ ބިރެއް ނެތި ދަރިފުޅުގެ އިޙްސާސްތައް ބެލެނިވެރިޔާއާ ހިއްސާކުރުމަށް، ރައްކާތެރިކަން އިޙްސާސް ކުރެވޭ މާޙައުލެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ކްރިއޭޓިވް އައުޓްލެޓްސް: ދަރިފުޅުގެ ޖަޒުބާތުތައް ފާޅުކުރެވޭނެ ގޮތްތަކެއްގެ ގޮތުގައި ކުރެހުމާއި، ލިޔުން، ފަދަ ހަރަކާތްތަކަށް ހިތްވަރު ދެވިދާނެއެވެ. 

6. ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން

ކައުންސެލިންގ: ދަރިފުޅުގެ ރުޅިގަދަކަން ދިގުދެމިގެންދާނަމަ ކުޑަކުދިންގެ ނަފްސާނީ މާހިރެއް ނުވަތަ ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމަށް ވިސްނާށެވެ. އެމީހުންނަށް ޚާއްޞަ ސްޓްރެޓެޖީތަކާއި ސަޕޯޓް ފޯރުކޮށްދެވޭނެއެވެ.

7. ހެލްތީ ލައިފްސްޓައިލް

ދަރިފުޅަށް އެކަށީގެންވާ ނިދި ލިބި، މިންހެޔޮ ކާނާ ކެއުމާއި، ގަވާއިދުން ޖިސްމާނީ ގޮތުން ހަރަކާތްތެރިވާކަން ކަށަވަރުކުރަންވާނެއެވެ. މި ކަންކަމަކީ މޫޑާއި ސުލޫކަށް ވަރަށް ބޮޑަށް އަސަރު ފޯރުވައެވެ.

8. ދީނީ ގޮތުން މައްސަލައިގެ ހައްލު

ރުޅި އައުމުން ޢަމަލުކުރަންވީ ގޮތް ކީރިތި ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ.

އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. «إِذَا غَضِبَ أَحَدُكُمْ وَهُوَ قَائِمٌ فَلْيَجْلِسْ، فَإِنْ ذَهَبَ عَنْهُ الْغَضَبُ وَإِلَّا فَلْيَضْطَجِعْ» رواه أبو داود

މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ރުޅިއަންނަހިނދު އޭނާހުރީ ކޮޅަށް ކަމުގައިވާނަމަ އިށީންނާށެވެ. އެވަރުންވެސް އޭނާގެ ކިބައިން ރުޅި ފިލައި ނުގޮސްފިނަމަ އޮށޯންނާށެވެ."

ރުޅި އަންނަހިނދު، އެ ރުޅި އަންނަ މީހާ ހުރި ހާލަތު ބަދަލުކޮށްލުމުން އޭނާގެ ގައިގައި ހިނގަމުންދާ ލޭގެ އޮއިވަރު ބަދަލުވެގެންދެއެވެ. އެގޮތުން ކޮޅަށް ހުންނަ މީހާ އިށީނުމުން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލާއެކު އޭނާގެ ރުޅިގަނޑުވެސް މަޑުވެގެން ދެއެވެ. އެވަރުންވެސް ރުޅި ފިލައި ނުގޮސްފިނަމަ އޭނާ އޮށޯތުމަށްވަނީ އަމުރު ކުރައްވާފައެވެ. 

ބައެއް ބަސްފުޅުތަކުގައިވާ ގޮތުން، ރުޅިއެރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ޝައިޠާނައަކީ ޖިންނީންގެ ތެރެއިންވާ އެއްޗެކެވެ. ޖިންނީން ޚަލްޤު ކުރެއްވުނީ އަލިފާނުންނެވެ. ފެނަކީ އަލިފާން ނިއްވައިލާ އެއްޗެކެވެ. ވީމާ، ރުޅި އައުމުން ވުޟޫކުރާހުށިކަމެވެ. މިފަދައިން އައިސްފައިވާ ޙަދީޘްއަކީ ޟަޢީފު، ޞައްޙަ ނޫން ޙަދިޘެއް ކަމަށް ޢިލްމުވެރިން ބުނެއެވެ. ނަމަވެސް މި ބަސްފުޅުގައިވާ ގޮތަށް ޢަމަލު ކުރުމަށްވެސް ބައެއް ދަންނަ ބޭކަލުން އިރުޝާދު ދެއްވައެވެ.

ދަރިފުޅުގެ ރުޅިވެރިކަމުގެ އަސްލު ސަބަބުތައް ދެނެގަނެ، މި ސްޓްރެޓެޖީތައް ތަންފީޒުކޮށްގެން، ދަރިފުޅުގެ ޖަޒުބާތުތައް މެނޭޖްކުރުމަށް އެހީތެރިވެދެވިދާނެ އެވެ. މި ޕްރޮސެސްގައި ކެތްތެރިކަމާއި ސާބިތުވެ ހުރުން ވަރަށް މުހިންމެވެ.

ކޮމެންޓް
އަހްމަދުވަހީދު
ވަރައްސަޅި
25 Aug 2024
ހުވާ
ކަލްމް؟؟؟
25 Aug 2024
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ