އެވޯޑު ހަފްލާއެއް ގައިި އާއިޝަތު ނޫރައްދީން ވާހަކަ ދައްކަވަނީ (ފޮޓޯ/ބީއެމްއެލް)
ވިޔަފާރި
27 Aug 2024 | 09:40
ބީއެމްއެލްގެ ބޯޑުން ނޫރައްދީން ވަކިކުރިކަން ޕީސީބީން އަންގާފައިވަނިކޮށް، އޭނާ ބޯޑުން އިސްތިއުފާދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީން، ނޫރައްދީން ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް، ބޭންކްގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ވެސް ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

އެހެންކަމުން، ޕީސީބީއަށް ބޭންކުގެ ބޯޑު މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދިޔައީ ބުނަމުންނެވެ.

އެފަދަ ވާހަކަދރކެވރމުން ދަނިކޮށް، ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ބޯޑު މެންބަރުކަމުން މި އާދިއްތަ ދުވަހު، ނޫރައްދީން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައެވެ.

ނަމަވެސް، އަދިވެސް އައިޝަތު ނޫރައްދީން ހުންނެވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ނޫރައްދީން ބޭންކަށް ޚިދުމަތް ކުރައްވާތާ 42 އަހަރު ވަނީ ވެފައެވެ.

މިދިޔަ ޖެނުއަރީގައި ވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރި އެވެ. ނަމަވެސް އެގޮތަށް އަމަލު ކުރެވިދާނެ ކަމާ މެދު ގާނޫނީ ސުވާލުތައް ކުރިމަތިވެ ޕީސީބީން އޭރު އެންގި އެންގުން ބާތިލްކޮށް އެ ބޭފުުޅުން އަލުން ބޯޑަށް ހަމަޖެއްސި އެވެ. އެ ބޭފުޅުން ފަހުން ވަކިކުރީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ