ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
27 Aug 2024 | 12:14
ދޫނިދޫ ޖަލުގައި އަޅުގަނޑު ދަންޖައްސަން ބަހައްޓާފައި ހުރީ ކޮންކަހަލަ ސާމާނެއްތޯ ބަލަންޖެހޭ: ރައީސް ޔާމީން

ދޫނިދޫ ޖަލުގައި އެމަނިކުފާނު ހުންނެވިއިރު، އެތަނުގައި އެމަނިކުފާނު ދަންޖެއްސެވުމަށް ބައެއް ތަކެތި ބަހައްޓާފައިހުރި ކަމަށާ އެއީ ކޮންކޮން ސާމާނެއްތޯ ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އަރިސް ދެ ފުލުހުން ރައީސް ޔާމީން ދޫނިދޫ ޖަލުގައި ދަންޖައްސައި މަރާލުމަށް ރޭވި ކަމަށް ތުހުމަތު ކޮށއފައެވެ.

އެގޮތުން އޭނާ ވިދާޅުވީ، އެ ދެ ފުލުހުން، އަދީބުއާއި ގުޅިގެން ރޭވީ ކޯޓު އަމުރުގެ ދަށުން ރައީސް ޔާމީން ދޫނިދޫ ޖަލަށް ގެންދިޔުމަށްފަހު އެތަނުގައި މަރާލަން ކަމަށާ، އެފަދައިން މަރާލުމަށްފަހު، އެމަނިކުފާނު އަމިއްލައަށް މަރުވި ކަމަށް ދައްކައި އެކަމާއި ގުޅޭ ހެކިތައްވެސް ނައްތާލަން ކަމަށެވެ. 

އެހެން ނަމަވެސް އެކަން ނުވީ، އެ މަސައްކަތުގައި ބައިވެރިވާންތިބި އެމްއެންޑީއެފްގެ  އޮފިޝަލުން ”ކޮންމެވެސް ކަމެއް ވެގެން ބެޗީމަ” ކަމަށް އޭނާ ވިދާޅުވިއެވެ.  

ޕާޕާގެ ވާހަކައާއި ގުޅިގެން ރައީސް ޔާމީންވެސް ވަނީ އެމަނިކުފާނު ދޫނިދޫ ޖަލަށް ލުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަރަށް އަރިސް ދެ ފުލުހުން ކަމަށް ވިދާޅުވެފައެވެ.

އަދި ޕާޕާ އެ ކުރެއްވި ތުހުމަތުތަށް ފުލުހުންގެ ކޮމިޝަނަރ ބަލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ފުލުހުންގެ ކޮމިޝަނަރ އެބަ ބަލަންޖެހޭ ޖަލުގެ އަލްކަތްރާ ސެލްގައި ރައީސް ޔާމީން ދަންޖައްސަން ބަހައްޓާފައިހުރި ކޮންކަހަލަ ސާމާނެއްތޯ. ބަލާފަ ރައްޔިތުންނަށް ކިޔައިދޭންޖެހޭ. 

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އެއީ “ފޭކު” ވާހަކަ އެކޭ ނުބުނެވޭނެ ކަމަށާ، އެފަދައިން ކަންކޮށއފި ނަމަ ފުލުހުންނަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ. 

ާ

ކޮމެންޓް
ސާލިހުމޫސާ
ޔާމީނު ގެ ބައިވެރިޔެއް އަހުމަދު އަދީބަކީ ޔާމީނު ބައިވެރިވާ ހުރިހާ ޖަރީމާއެއްގެ އެއްބައި ވެރިޔެއް ކަމައް ގިނަމީހުން ވިދާޅުވާނީ އެހެންވީމާ ތީދޮގެއްކަމައްބެލެ ވޭ ފަހަރެއްގައި ވެދާނެ ޕާޕާގެ ރޭވުމަކައް
27 Aug 2024
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ