ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ދާޚިލީ ސަލާމަތާބެހޭ ވުޒާރާ
ހަބަރު
30 Aug 2024 | 17:41
ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ ތަހުގީގެއް ނުހިންގަން: އިހްސާން

ރޭ މާލޭގައި އަންހެނަކު ރަހީނުކުރި ފިރިހެންމީހާ ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރޭ މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާގެ ކަރުގައި ވަޅި ޖައްސައިގެން މަގުމައްޗަށް ނެރުނު ފިރިހެނަކު ހައްޔަރުކޮށް، އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަމަލުކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުން ހިންގަން ފަށައިފި ކަމަށާއި، މި ތަހުގީގު ހިންގުމަށް ފުލުހުންގެ ކޮމިޝަނަރަށް އެންގެވީ ހޯމް މިނިސްޓަރު ކަމަށް ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް، މި ޚަބަރާއޖި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރ އިޙްސާން ވިދާޅުވެފައިވަނީ އެފަދަ ތަހުގީގެއް ހިންގުމަށް އަންގާފައި ނުވާނެ ކަމަށެވެ.

އިހްސާން ވިދާޅުވީ ފުލުހުން ކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގެ ސަބަބުން ރަހީނުކޮށްފައިވާ އަންހެން ކުއްޖަކު ސަލާމަތްކުރެވުނު ކަމަށެވެ.

”އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވަން. ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ކުރަން އަންގާފައި ނުވާނެ“ އިޙްސާން ވިދާޅުވިއެވެ.

މި ހާދިސާގައި ފުރަތަމަ އަންހެން މީހާ ގޮވައިގެން ފިލަން މަސައްކަތްކުރި ފިރިހެނާ، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަކަށް އަރުވައި، ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރުކުރުވިއެވެ. ނަމަވެސް، އެ ސަރަހައްދުން އޭނާ ދިޔުމުގެ ކުރިން ފުލުހުން ވަނީ ސައިކަލުގެ ފަހަތުގައި ފިރިހެން މީހާ އިންދާ ބާރުގެ ބޭނުން ކޮށްގެން އޭނާ ބިންމައްޗަށް ވައްޓާލައިފައެވެ.

މި މައްސަލާގައި ރަހީނު ކުރެވުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށާ، އަދި ފިރިހެން މީހާގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ