އަންހެނަކު ރަހީނު ކުރި މައްސަލައާ ގުޅިގެން ބިހުރޯޒް މިސްކިތް ކައިރި ބަންދުކޮށްފައި-- ފޮޓޯ/ ހަތާވީސް ް
ހަބަރު
30 Aug 2024 | 22:53
އަންހެނަކު ރަހީނު ކުރުން: ފިރިހެން މީހާ ހައްޔަރު ކޮށްފައިހުއްޓާ ހާލު ދެރަވެގެން އަނެއްކާވެސް އައިޖީއެމްއެޗަށް

ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކި ފިރިހެންމީހާ ހައްޔަރު ކޮށްފައި ވަނިކޮށް ހާލު ދެރަވެގެން އަނެއްކާވެސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ. 

ރޭ މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކުމަށްފަހު އެ ފިރިހެން މީހާ މަސައްކަތް ކުރީ، އަންހެން މީހާ ގޮވައިގެން ފިލާށެވެ.

އެގޮތުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލަކަށް އަރުވައި، ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރުކުރުވިއެވެ. ނަމަވެސް، އެ ސަރަހައްދުން އޭނާ ދިޔުމުގެ ކުރިން ފުލުހުން ވަނީ ސައިކަލުގެ ފަހަތުގައި ފިރިހެން މީހާ އިންދާ ބާރުގެ ބޭނުން ކޮށްގެން އޭނާ ބިންމައްޗަށް ވައްޓާލައިފައެވެ.

މި މައްސަލާގައި ރަހީނު ކުރެވުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށާ، އަދި ފިރިހެން މީހާގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ކުރިން މައުލޫމާތު ދީފައެވެ.

މިރޭ ފުލުހުން ބުނީ، ފިރިހެން މީހާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އޭނާ ހައްޔަރު ކުރެވުނު ކަމަށެވެ. 

އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ އަނެއްކާވެސް އައިޖީއެމްއެޗަށް ގެންގިސްފައިވާ ކަމަށާ، އޭނާގެ ހާލަތު އިތުރަށް ބެލުމަށްޓަކައި މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
އައި
ފޭކު
30 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ