ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Sep 2024 | 10:42
ދާހިލީ ސަލާމަތާއިގުޅޭ މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން: އިހްސާން

ޤައުމުގައި މޫލާފައިހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އިމިގްރޭޝަނާއި ފުލުހުން ހިމެނޭހެން އުފައްދާފައިވާ ޖޮއިންޓް ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިއްޔެ ހިންގި ހާއްސަ ރެއިޑެއް ގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ. 

އެގޮތުން އިޙްސާން ވަނީ، ރައީސް މުޢިއްޒުގެ ޙާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސް އިން ، ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގަންފެށި އޮޕަރޭޝަނުގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

"17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން،" އިޙްސާން ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގެ އިޤްތިޞާދީ ސަލާމަތަށް ނުރައްކާވެފައިވާ ކަޅުބާޒާރުގެ ޑޮލަރު ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން އަޅަމމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހިންގުނު އެއް އޮޕަރޭޝަން ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ބިދޭސީންކުރަމުންދާކަމީ އާއްމުންގެ ދުވަސްވީ ބޮޑު ކަންބޮޑުވުމެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ފަދަ ގޮތަކަށް ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. 

މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ