ރޭގެ އެކްސިޑެންޓްވި ސަރަހައްދު: ފޮޓޯ/ ވޮއިސް
ރިޕޯޓް
06 Sep 2024 | 16:31
ރޭސް ކާރުގެ ނުރައްކާ ބޮޑުވެ، މަނާ ކުރަން ގޮވާލާ އަޑު ގަދަވަނީ!

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި އެކްސިޑެންޓުގައި ލ. އިސްދޫއަށް އުފަން، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވެފައިވަނީ، މެރަތަންގައި ބައިވެރިވާ މީހުން މެރަތަން އޮންނަ ސަރަހައްދަށް ގެންގޮސްދިނުމުގަ އި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. 

އެގޮތުން، ރޭ މެންދަމު ގާތްގަނޑަކަށް 02:48 ހާއިރު ރޭސް ކާރުން އެ ޒުވާނާ އިން ސައިކަލުގައި ޖެހި އެކްސިޑެންޓް ވުމާއެކު، ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ ޒުވާނާވަނީ ނިޔާވެފައެވެ. 

އެކްސިޑެންޓްވި ސަރަހައްދުގައި ސަމާހު ދުއްވަން އިން ސައިކަލުގެ ބައިތައް ހުރީ އެކި ދިމަދިމާއަށް ގޮސްފައެވެ. ސަރަހައްދުގައި ގިނަ އަދަދަކަށް ލޭވެސް  ހުއްޓެވެ. 

ފުލުހުން ބުނެފައިވާގޮތުން، މި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު، އެގޮތުން، ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީއެވެ.

މިއީ މި ފަހަކަށް އައިސް ރޭސް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން ހިނގި އެކްސިޑެންޓްގައިވެސް ޒުވާނަކަށް ބޮޑެތި އަނިޔާވެފައިވާއިރު، މި އެކްސިޑެންޓްގައި ޒުވާނަކު ނިޔާވުމާއެކު ރޭސް ކާރު މަނާ ކުރުމަށް އާއްމުން ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.

އެގޮތުން މޯލްޑިވިއަންގެ ކުރީގެ އެމްޑީ އައިޝަތު ޖެނިފާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މާލެއާއި ހުޅުމާލޭގައިވެސް ބާރު ސްޕީޑްގައި ދުއްވުމުގެ ޖާގަނެތް ކަމަށެވެ. 

މީހެއް މަރާލާފައިވެސް މާދަން ތިބޭނީ އަނެއްކާވެސް އަނެއް ރޭސް ކާރަށް އަރާ. މި މީހުންނަށް މިހާބޮޑު ޔަގީން ކަމެއް ލިބެނީ ކިހިނެއްބާ

އައިޝަތު ޖެނިފާ ވިދާޅުވިއެވެ

މި ހާދިސާއާ ގުޅިގެން އެހެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މިއީ ހަމައެކަނި "ސްޕޯޓްސް ކާރު" ނުވަތަ ރޭސިން އާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

"ކޮންމެ އުޅަނދެއްގައި ވެސް ބާރަށް ދުއްވުމަކީ ނުރައްކާތެރި ކަމެއް، އެކަމަކު ރޭސިން އަކީ އެއަށްވުރެ ބޮޑު ކަންބޮޑުވުމެއް، އެއީ އެމައްސަލަ ގިނައިން ފެންމަތިވާތީ" މީހަކު ބުނެފައިވެއެވެ.

އެހެން މީހަކު ކުރި ޕޯސްޓެއްގައި އޭނާވަނީ ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޤާނޫނުތައް އިސްލާހު ކުރުމަށް ގޮވާލާފައެވެ.

މިހާރު ފުދިއްޖެ އޭ. ބިރަކާ ނުލާ ދުއްވަނީ ފިޔަވަޅެއް ނޭޅޭ

މީގެ އިތުރުންވެސް މީހަކު ވަނީ މިފަދަ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަތުމަށްޓަކައި ރަނގަޅު ރިސްކް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށެވެ. އަދި އޭގެ ފަހުން އެކަށީގެންވާ ކޮންޓްރޯލް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.

މިސާލަކަށް ސްޕީޑް ބަމްޕް އެޅުމާއި، ނުރައްކަލުގެ ނިޝާންތައް ބެހެއްޓުން ފަދަ ކަންކަން ކުރުން. އެކަމަކު ފުލުހުންނަށް ކުރެވުނު ހަމައެކަނި ކަމަކީ ޗެކްޕޮއިންޓެއް ބަހައްޓައި، އާންމު ސްޕީޑުގައި ދުއްވާ މީހުން ހުއްޓުވުމެވެ؟

މި އެކްސިޑެންޓާއި ގުޅިގެން ރޭސް ކާރުތައް ޙާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެތެރެވިޔަ ނުދިނުމަށްވެސް ބަޔަކު ވަނީ ގޮވާލާފައެވެ. 

މި ނޫންވެސް އެތައް ބަޔަކު، ސްޕޯޓްސް ކާރު ދުއްވުން މަނާ ކުރުމަށް ގޮވަމުންދާއިރު، އެކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނުރައްކާތެރިކޮށް އަދި ބާރަށް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް، އެކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެއެވެ.

”މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
އިއްބެ
ކައިވަތެއްވަރުތަނެއްގައި މިފަދަތަކެތި އެތެރެކޮށް ދުއްވަންހުއްދަދޭމީހުންގެ ފެންވަރާއި ޤާބިލުކަންނެއްކަން މިފަދަކަންކަމުންއެނގެނީ
06 Sep 2024
އަލިބެ ހުޅުމާލެ
ތިޔަ ކާރު ތަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. ވީމާ، ހުޅުމާލޭގައި އުޅޭ އެހެން މީހުނަށް ރޭގަޑު ވަކި ގަޑިއެއްގެ ފަހުން ގެއިން ނުނިކުމެ ތިބެން އިއުލާނު ކުރާށެވެ.
06 Sep 2024
ހާނު
މަހެއްވަންދެން މަގުބަންދުކޮށްގެން ކުރެހި ރޮނގުތަކާއި ރޭނި ފާރުބުރިތަކުން ކުރީ ކޮންފައިދާއެއް. މައްސަލަ އަކީ މަގެއްނޫން ރޭސްކާރެއްވެސްނޫން މައްސަލައަކީ މީހުންގެ ޑިސިޕްލިން މީރަނގަޅުކުރަންވީކަމަކީ
07 Sep 2024
ހޯނު
މިފަދަ ކަންކަމުގައި އާންމުންގެ މަޝްވަރާ މުހިންމުވާނެ
07 Sep 2024
ސްޕީޑް
މަގޭހީކުރީ. ސެންޓްރަލް ޕާކް ވަށައިގެން އެޔޮއް ބޮޑުމަގު ، އެއްކޮޅައް ދުއްވޭ މަގަކަށް ހަދާލީ، ރޭަސްޖަހާ ކުދިންނަށް ހާއްސަކޮށްލީ ކަމަށް.
07 Sep 2024
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ