ނައިންޓީ ޕްލަސްއިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން —
ކުޅިވަރު
19 Sep 2024 | 11:20
ފުޓުބޯޅަ އަލުން ދިރުވަން މުޅި ރާއްޖެ ހިމެނޭ މުބާރާތެެއް ބާއްވަނީ!

ނެތިފައިވާ ފުޓުބޯޅައިގެ ފޯރި ދިރުވަން މުޅި ރާއްޖެ ހިމެނޭ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ނައިންޓީ ޕްލަސްއާއި ސްޕޯސްޓް މިނިސްޓްރީ ގުޅިގެން, ގޯލްޑް ކަޕް ނަމުގައި ބާއްވާ މި މުބާރާތް ބާއްވާ ވަކި ތާރީހެއް މުޅިން ފައިނަލްވެފައި ނުވި ނަމަވެސް ނޮވެމްބަރުމަހުގެ ފަހުކޮޅު މި މުބާރާތް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. 

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލެވޭއިރު، މުބާރާތުގައި 24 ޓީމަށް ބައިވެރިިކުރާނެއެވެ. އެގޮތުން، ރާއްޖޭގެ ފަސް ސިޓީން ޓީމުތަކަށާ، ފުޓުބޯލައިގެ ފޯރި ގަދަ ރަށްތަކުގެ އިތުރުން އެހެން ރަށްތަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ އެވެ. 

މުބާރާތުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފައިވާއިރު، ރަނަރަޕް ޓީމަކަަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމައިފައެވެ.

ފުޓުބޯޅައަކީ ދިވެހިން އެއްބައިވަންތަ ކުރުވާ، ދިވެހިންނާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ކުޅިވަރެއް ނަމަވެސް، އެ ފޯރި ފަނޑުވެ މިހާރު ފުޓުބޯޅައަށް އޮންނަ ލޯބި ވަނީ އާއްމުންގެ މެދުގައި ކުޑަވެފައެވެ.  

ކޮމެންޓް
ގަލަން
އެބަރަގުޅުވޭ. އެފްއޭއެމް އަކަންނުވާނެ ބޭކާރުތަނެއް. ބޭކާރުވަނީ އެތަނައް އަންނަ ވެރިން އަމިއްލައެދުން ބޮޑުކަމުން އަދި ޖީބައްބޮޑުކުރާތި
19 Sep 2024
ގުޅޭ ލިޔުންތައް
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ
11 Oct 2026
ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަޑައިގަތީ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާ އަށެވެ
11 Oct 2026
އީގަލް ހިލްސްގެ މަޝްރޫއު ހުއްޓައިލުމަށް ޔާމީން ގޮވައިލައްވައިފި
މި މަޝްރޫޢަކީ ދިވެހި މުޖުތަމައުގެ އަގުތަކާއި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އެ ކުންފުންޏާ މެދު އޮތީ ނަފުރަތާއި ނުރުހުން ކަމަށްވެސް ރައީސް ޔާމީނު ވަނީ ބުނެފައެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ މި މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންގޮސް، މިހާރުން މިހާރަށް އުވާލުން ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
11 Oct 2026
އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
މި ސޮފްޓްވެއާ ފަރުމާކޮށްފައި ވަނީ، ހާދިސާ ހިނގި ތަންތަނުގެ ކުރެހުންތައް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭ ގޮތަށެވެ
11 Oct 2026
ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ވިއުގައިގައި ބޮޑު ގައުމީ ޒިންމާއެއް އުފުލާ ބައެއް: އިހުސާން
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ, ބޭސިކް ކަރެކްޝަނަލް އޮފިސަރސްގެ ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Oct 2026
ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއްވަން ރާވާފައިވާ މުޒާހަރާއެއްގައި ބައިވެރިވުމަށް ދަތުރުކުރި ފްލައިޓު ނިއު ދިއްލީއަށް ޖެއްސުމާއެކު ޓާމިނަލާ ފްލައިޓް ކައިރި ކުރި ވަގުތު ފުލުހުން ފްލައިޓަށް އަރައިގެންނެވެ.
11 Oct 2026
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ބުރުގާ މަނާކުރުމާ ދެކޮޅަށް ދަރިވަރުން ކުލާސް ބޮއިކޮޓްކޮށްފި
އެ ޤައުމުގެ ކެބިނެޓުން ސްކޫލް ޔުނީފޯމްގެ ޤަވާއިދު އިޞްލާޙުކޮށް، ޔުނީފޯމުގެ އެއްގޮތް ކަމަށް ބުރޫއަރާ އަދި ތަޢުލީމުގެ ސެކިއުލާ އުޞޫލާ ޚިލާފު ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޤަރާރުގައި ސީދާ "ބުރުގާ" މި ބަސް ބޭނުންކޮށްފައި ނުވާ އިރު، ވަކި ދީނީ ހެދުމަކަށް ޚާއްޞަކޮށް އިޝާރާތްކޮށްފައެއް ނުވެއެވެ
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ