އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓްލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ(ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކުރުން: ފޮޓޯ/އުރީދޫ
ވިޔަފާރި
30 Sep 2024 | 18:07
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސަރވިސް ޕްރޮވައިޑަރ (ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފިއެވެ.

މި ލައިސަންސްގެ ސަބަބުން، ޓެކްފިން މޯލްޑިވްސްއަށް ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބި، ދިވެހި ރައްޔިތުންނަށް އައު އަދި ރައްކާތެރި ޑިޖިޓަލް މާލީ ޙައްލުތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި، މި އައު ލައިސަންސާ އެކު، ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުރީދޫގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" އާއި ރެމިޓެންސްގެ ޚިދުމަތްތައް މިހާރު ޓެކްފިން މޯލްޑިވްސްގެ ބެލުމުގެ ދަށުން ހިންގަމުން ގެންދެވޭނެއެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މާލީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ޙައްލުތައް ފޯރުކޮށްދިނުމުގެ ކުންފުނީގެ ސްޓްރެޓެޖީއާ ގުޅިލާމެހިފައިވާ މުހިންމު ފިޔަވަޅެކެވެ.

އެމް-ފައިސާ ޕްލެޓްފޯމުގެ ޒަރީއާއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލީ މުޢާމަލާތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއރުމާއި، ރެމިޓެންސްގެ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ އަދި ކަށަވަރު މަގެއް ވަނީ ތަނަވަސްވެފައެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލްތައް ދެއްކުމާއި، ޕެޓްރޯލް ސްޓޭޝަންތަކުގައި ޕޭމަންޓް ދެއްކުމާއި، ގިނަ ފިހާރަތަކާއި ކެފޭތަކުގައިވެސް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ. މީގެ އިތުރުން، ބަނޑޭރި ޕޭގެ ނިޒާމުގައިވެސް އެމް-ފައިސާ ވަނީ ހިމެނިފައެވެ.

މި ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، އުރީދޫއިން ދަނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ޑިޖިޓަލް މާލީ ނިޒާމެއް ޤާއިމުކުރުމުގެ ވަޢުދު އިތުރަށް ވަރުގަދަކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.