އުރީދޫއިން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުން: ފޮޓޯ/ އުރީދޫ
ވިޔަފާރި
02 Oct 2024 | 11:58
އުރީދޫން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި

އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ފާހަގަކޮށްފިއެވެ.

މިއަހަރުގެ ކުރީކޮޅު އުރީދޫ އިން ވަނީ އިސްރަށްވެހިންނާއިއެކު ކެންޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އިޖުތިމާއީ ޒިންމާއަށް އުރީދޫގެ ދިގު މުއްދަތުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނަރޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ހިމެނެއެވެ.

ގްރޯ ވިތް އުރީދޫ: ގޯތިތެރޭގައި ގަސްއިންދުން

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާފަ އެވެ. ގޯތިތެރޭގައި ގަސްއިންދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ. ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައި ވެއެވެ. 

އެ ސެޝަންގައި ވަނީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ކަމަށް އުރީދޫން ބުންޏެވެ.

ޑިޖިޓަލް ޕާޓްނަރޝިޕް 

އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފައެވެ.

އެ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ވެސް ފަސޭހަކަމާއެކު އިސްރަށްވެހިންނަށް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން އުރީދޫއިން އިސްރަށްވެހިންގެ ނާދީއަށް ފޮތް ހަދިޔާ ކޮށްފައިވާއިރު އެކަމުގެ ސަބަބުން އިސްރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި މައުލޫމާތު މުއްސަނދި ކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫއިން މިއަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެކެވެ. އަދި ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.