އިންޑިއާގެ މުންބާއީގައި ފިލްމީ އިންޑަރސްޓްރީއަށް ހާއްސަކޮށް ބޭއްވި ފޯރަމްގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް
ރިޕޯޓް
09 Oct 2024 | 07:12
އިންޑިއާ މާކެޓް އަލުން އިއާދަވަނީ؟

މީގެ އެއް އަހަރު ކުރިއަށް ޖެހިލާއިރު އިންޑިއާ މާކެޓަކީ ރާއްޖޭގެ އެއްވަނަ މާކެޓެވެ. ކޮވިޑަށްފަހު ރާއްޖޭގެ އެއްވަނަ މާކެޓްގެ ގޮތުގައި ފާހަގަކުރެވިފައި އޮތީ އަވައްޓެރި އިންޑިއާއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ހިސާބަށްވެސް ކޮވިޑަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދިޔައީ އިންޑިއާއިންނެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާން ފެށީ މިދިޔަ އަހަރު ސިޔާސީގޮތުން ދެޤައުމުގެ ދެމެދުގައި ކުނިޖެހުނު ހިސާބުންނެވެ. އެ ޖެހުނު ކުނީގައި ދެ ޤައުމުގެ ބައެއް ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކު ބޮއިކޮޓްކުރަންވެސް ވަނީ ގޮވާލާފައެވެ. 

އެކަން އެގޮތަށް އޮއްވައި މިދިޔަ އަހަރެއްހާދުވަސް ފާއިތުވެގެންދިޔައީ އިންޑިއާ މާކެޓް ކުރިއަރާނޭކަމުގެ މާބޮޑު އުއްމިދެއް ނެތިއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ ފަތުރުވެރިންގެ ރާއްޖެ ދޫކޮށް އެމީހުންގެ މައިގަނޑު މަންޒިލަކަށްވީ އަވައްޓެރި ސްރީލަންކާއެވެ. މިހާރު ސްރީލަންކާއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓްގައި އިންޑިއާ މިހާރު އޮތީ 6 ވަނައިގައެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާއިން 92،578 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް 153،424 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

އިންޑިއާ އާއި ރާއްޖެ ގުޅުން ގޯސްވެގެން ދިޔަ ދަނޑިވަޅުގަައި އިންޑިއާގެ ބައެއް ފިލްމީތަރިން ވަނީ، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ހިޔާރުކުރުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީބްގެ ރަށްތަކަށް ދާންޖެހޭކަމަށް ބުނެފައެވެ. މިގޮތަށް ކެމްޕެއިންކުރި ތަރިންގެ ތެރޭގައި އަކްޝޭ، ކަންގަނާ، އަމީތާބް، ސަޗިން ޓެލްޑުންކަރު ހިމެނެއެވެ.

އަކްޝޭ ރާއްޖޭގައި ފޮޓޯ/ސޯޝަލް މީޑިއާ

ރާއްޖެ އާއި އިންޑިއާގެ ގުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ދިޔަނަމަވެސް މިފަހަކަށް އައިސް ދެޤައުމުގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފައެވެ. މިކަމުގެ އެއް ހެތްކަކީ، ކުރިން ރާއްޖެ ނައުމަށް ގޮވާލި ބައެއް ތަރިން ރާއްޖެއަށް ޗުއްޓީހޭދަކުރަން އައުމެވެ. އެގޮތުން އަކްޝޭވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އޭނާގެ 46 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައެވެ.

ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާ ދެމެދު އުފެދުނު ނުތަނަވަސްކަން މިއަދު މިވަނީ ފިލާފައެވެ. މި ދަތުރުފުޅުގައި މިހާތަނަށް އެންމެބޮޑު ޔަގީންކަމެއް ލިބިގެންދިޔަ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. 

އިންޑިއާގެ ފިލްމީތަރިން ދިރިއުޅެމުން އަންނަ މުމްބާއީއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ހާއްސަ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި އިވެންޓްގައި އިންޑިއާގެ ނުފޫޒުގަދަ ތަރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބޮލީވޫޑްގެ އެންމެ ނުފޫޒުގަދަ އާއިލާ، ކަޕޫރު ފެމިލީއަށް ނިސްބަތްވާ ކަރިޝްމާ ކަޕޫރު ހިމެނެއެވެ. ކަރިޝްމާގެ އިތުރުން ޝޮނާކްޝީ، ޝިލްޕާ ޝެޓީ، އަރުބާޒް ޚާން އަދި ބައެއް މޭކަޕް އާޓިސްޓުން ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

މުމްބާއިގައި ބޭއްވި އިވެންޓްގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ މީޑިއާތަކާ ވާހަކަދައްކަމުން މިތަރިން ވަނީ ރާއްޖެއާމެދު ދެކޭގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ތަރިންވެސް ބުނެފައިވަނީ، އެމީހުންގެ ހިތްތަކުގައި ރާއްޖެއަށް ހާއްސަ ގަދަރެއް ދެވިފައިވާކަމަށާއި، ކޮންމެ އަހަރަކުވެސް ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް ދެވެނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށެވެ. އަދި މުމްބާއީގައި މިއަދު ބޭއްވި ހަފްލާ ކުރިއަށްގެންދިޔައީ އިންޑިއާ ސަރުކާރުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އަދުގެ ހާލަތަށްބަލައި ކުރިން ރާއްޖެ ނައުމަށް ސޯޝަލް މީޑިއާގައި މީގެކުރިން ވާހަކަދެއްކި ބައެއް އެކްޓަރުން ކުރިއަށް އޮތްތަނުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނޭކަމުގެ ވަރަށްބޮޑު ޔަގީންކަމެއް މިއަދު މިވަނީ ލިބިފައެވެ. ސަަބަބަކީ އެ ތަރިންނަނީ ބޮޑުވަޒީރު މޯދީގެ ސަރުކާރާ ވަރަށް ގާތް ތަރިންތަކެއް ކަމުގައިވާތީއެވެ.

މުމްބާއިގައި ބޭއްވި އިވެންޓްގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

މުމްބާއީގައި މިއަދު ބޭއްވުނު އިވެންޓާ ގުޅޭގޮތުން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ރައީސްގެ ދަތުރުފުޅާ ގުޅިގެން އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަވެ، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާކަމަށެވެ. މިގޮތުން މިހާރުވެސް އިންޑިއާގެ ތަރިން ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަމުން އަންނަކަމަށް ޝިއުރީ ވިދާޅުވިއެވެ.

މުމްބާއިގައި ބޭއްވި އިވެންޓްގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

ކޮންމެއަކަސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމަކަށެވެ. ސަބަބަކީ އިންޑިއާ އަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ދެވަނައަށް އެންމެ މީހުންގިނަ ޤައުމެވެ. ޗައިނާމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާރު އިންޑިއާ މާކެޓްގެ ކުރިމަގުވެސް މިހާރު މިފެންނަނީ ވަރަށް އުއްމީދީކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.