ކޫއްޑޫ އެއާޕޯޓް ރަންވޭ
ރިޕޯޓް
12 Oct 2024 | 11:36
އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!

އެއާޕޯޓަކީ އެތަންތަނުގެ ފެންވަރު ވަކިގޮތަކަށް ހުންނަންޖެހޭ ތަނެކެވެ. ހާއްސަ ގޮތެއްގައި އެއާޕޯޓެއްގެ ރަންވޭ ހުންނަންޖެހޭނީ ވަކި މިންގަނޑެއްްގަަައިކަން ސިވިލްއޭވިއޭޝަނުގެ ގަވާއިދުތަކުގައި ކަނޑައަޅާފައި ވެއެވެ. ރަންވޭގެ ސަލާމަތީ ކަންކަން ޔަގީންކުރުމަށްޓަކައި ވަރަށް ހަރުދަނާ ހަރުކަށި އުސޫލްތަކެއް ގާއިމްކޮށްފައިވެއެވެ. ކޮންމެ ބޯޓެއް ނައްޓާލުމާއި ޖެއްސުމުގެ ކުރިން ރަންވޭ ޗެކްކުރަން ޖެހޭކަމީ މިކަމުގެ ހެތްކެކެވެ.

ކޫއްޑޫ އެއާޕޯޓާ ގުޅޭގޮތުން އެ އެއާޕޯޓުން ހިދުމަތް ހޯދަމުން އަންނަ ދަތުރުވެރިން ޝަކުވާކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

އެއާޕޯޓްގެ ހިދުމަތުގެ ފެންވަރެވެ. އާއްމު ގޮތެއްގައި ކޫއްޑޫ އެއާޕޯޓް ބޭނުންކުރާ ގއ ވިލިނގިއްޔަށް ނިސްބަތްވާ މީހަކު ނަން ހާމަކުރަން ނޭދެމުން ބުނީ، ކޫއްޑޫ އެއާޕޯޓްގެ ހިދުމަތްތައް މިހާރު ހުރީ އެ އެއާޕޯޓް ހުޅުވިއިރު، ހިދުމަތްތަކާ ތަނުގެ ފެންވަރު އޭރު ހުރި ފެންވަރަށް ނޫންކަމަށެވެ. ފާހާނަ އާއި އެފަދަ ދަތުރުވެރިން ބޭނުންކުރާ ތަންތަނުގެ ހާލަތު މިހާރު ހުރީ ވަރަށް ހާލަތުދަށްކޮށް ކަމަށް އޭނާ ބުންޏެވެ.

" ދަތުރުވެރިން ބޭނުންކުރަން ހުންނަ ފާހާނާ. މިހާރު ގޮސް ބެލިއަސް އެނގޭނެ. ވަދެލަން ނުކެރޭ. ބެގޭޖް ގެންދަންވެސް ވެހިކަލެއް ގެނައީ ވަރަށްފަހުން" ވިލިނގިއްޔަށް ނިސްބަތްވާ އެމީހާ ބުންޏެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ބޭނުންކުރަން އެކަށީގެން ނުވާތީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ އެ އެއާޕޯޓަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ، އެ އެއާލައިނަށް އެންމެ މުހިއްމީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ހުރިގޮތުން އިއްޔެއިން ފެށިގެން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވާކަމަށެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަނުން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލިއިރު، ކޫއްޑޫއަށް ޝެޑިއުލް ދަތުރުތަކުގެ ޑިމާންޑާއި ޓިކެޓް ނަގާފައި ގިނަ އަދަދެއްގެ ދަތުރުވެރިން ތިއްބެވެ. މީގެ އިތުރުން ކުރިއަށްއޮތީ ޓޫރިޒަމް ސީޒަންކަމުން ކޫއްޑޫއަށް ފަތުރުވެރިން އުފުލުމަށް ވަނީ ކުންފުނިތަކާއެކު އެގްރީމަންޓްތައްވެސް ހަދާފައެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު ގޯސްވެގެން އެއާޕޯޓްގެ މުއައްޒަފުން ވަނީ އެކަން އެ އެއާޕޯޓްހިންގަ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

ކޫއްޑޫ އެއާޕޯޓް ހިންގަނީ ޕްރިސްޓަން ކިޔާ ކުންފުންޏަކުންނެވެ. ކޫއްޑޫ އެއާޕޯޓް ތަރައްޤީކޮށްގެން ހިންގާގޮތަށް އެކުންފުންޏަށް ވަނީ ދެ ރިސޯޓް ހަދައިގެން ހިންގަން ދީފައެވެ. ޕްރިސްޓަން ކުންފުނިން ދަނީ އެކުންފުންޏަށް ލިބުނު ދެ ރަށުގައި ރިސޯޓް ހަދައި ނިކަން ރަނގަޅަށް އެ ދެ ރަށް ހިންގަމުންނެވެ. އެ ދެ ރިސޯޓަކީ ފަސްތަރީގެ ޕުލްމޫން މާމުޓާ ރިސޯޓާއި، ހަތަރު ތަރީގެ މާކިއޯ މޯލްޑިވްސްއެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރެވެ. އެ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭ ރަނގަޅަށް މަރާމާތުނުކުރާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. ރަންވޭ މަރާމާތަށް ފަރުވާކުޑަވެގެން މޯލްޑިވިއަންގެ ބައެއް ފްލައިޓްތަކަށް ގެއްލުންވެސް ލިބިފައި އެބަހުއްޓެވެ.

ކޫއްޑޫ އެއާޕޯޓް ރަންވޭ މައްސަލާގައި އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް ބައެއް ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ހާލަތު..

މިކަމުގެ ކަންބޮޑުވުން ހާމަކުރަމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ވިދާޅުވީ، ސީއެސްއާރު މަޝްރޫއު ހިމަނައިގެން ރިސޯޓް ބިޑިން ޕްރޮޕޯސަލް ހުށައެޅި ޒަމާނެއް ދިޔަކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، މުދިމުންނާއި ،ޓީޗަރުންނާއި އަވަށްޓެރި ރަށް ތަކަށް  ބޮޑެތި އެހީތެރިކަމެއް ދޭނޭކަމަށް ޕްރޮޕޯސަލްގައި ލިޔެ މަޝްރޫޢު ކާމިޔާބުކުރުމަށް ބައެއް ފަރާތްތަކުން އިތުރަށް 10 ޕޮއިންޓް ހޯދާފައިވާކަމަށެވެ.

" މިއީ ރިސޯޓްތަކުން ލޯކަލް ކޮމިއުނިޓީތަކަށް ސަޕޯޓްކުރާކަން ކަށަވަރުކުރުމަށް ބޭނުންކުރި ފޯމިއުލާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ލިޔެކިޔުންތައް އަދިވެސް ސަރުކާރުގައި އެބަހުރި، އެކަމަކު ރިސޯޓްތަށް އެވޯޑް ކުރުމަށްފަހު މި ކޮމިޓްމަންޓްތައް ފުއްދައިފިތޯ ބަލަނީ ކާކު؟ އެމީހުން ހަގީގަތުގައި އެކަން ކޮށްފި ހެއްޔެވެ؟ އޭގެން ރަށަކުން މީހަކު މިހާރު އަރާލިއަސް ހީވަނީ. ޕާކިސްތާނު އިންޑިޔާ ބޯޑަރު ހުރަސް ކުރަން އުޅޭހެން"

ފިރާގް އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ލިޔުނެވެ.

ވޮއިސްއިން ބެލިބެލުމުން އެނގުނު ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ވަރަށް ދަށެވެ. ބައެއް ފަރާތްތަކުން މިހާރު ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ސިފަކުރަނީ އައްޑޫ ލިންކް ރޯޑަށްވެސް ހާލަތު ދަށް ތަނެއްގެ ގޮތުގައެވެ.

ކޫއްޑޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުމަކީ އެސަރަހައްދުގެ ދަތުރުފަތުރަށް އަންނާނޭ ހީނަރުކަމެކެވެ. އެ ސަރަހައްދުގައި އިތުރު އެއާޕޯޓްތައް އޮތްނަމަވެސް އެންމެގިނަ ފްލައިޓް އަޅަނީ ކޫއްޑޫ އެއާޕޯޓަށެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ކޫއްޑޫ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ނަން ހާމަކުރަން ޝަރުތުކޮށް ބުނީ، ރަންވޭއާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މިންވަރު ކުންފުންޏަށް އެނގުމުން ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިގޮތުން ރަންވޭ މަރާމާތުކުރުމަށް ބައެއް ތަކެތިވެސް މިހާރު ވަނީ ކޫއްޑޫއަށް ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.