Advertisement

ފަލަސްތީނުގެ މުޖާހިދުން އިޒްރާއީލްގެ އިސް ކޮމާންޑަރު އެހުސާން މަރާލައިފި

އިޒްރާއީލްގެ އިސް ކޮމާންޑަރު އެހުސާން

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ މުޖާހިދުން އިޒްރާއީލްގެ އިސް ކޮމާންޑަރު އެހުސާން މިއަދު މަރާލައިފިއެވެ.

އިޒްރާއީލްގެ ސިފައިންގެ ތެރޭގައި ހިމެނޭ ކާނަލެއް ކަމަށްވާ އެހުސާން ދަގްސާ މަރާލާފައި ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި އޭނާ ޓޭންކަރުތެރޭގައި އިންދައެވެ. ޓޭންކަރު ގޮއްވާލާފައިވަނީ ގޮވާތަކެތި ބޭނުންކޮށްގެން ދިން ހަމަލާއެއްގައެވެ. އޭރު އެހިސާން ދިޔައީ ޓޭންކަރުން ޖަބަލިއާގައި ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާ ތަންތަނަށް ހަމަލާތައްދެމުންނެވެ.

އަލްޖަޒީރާއިން ބުނީ އިޒްރާއީލް ސިފައިންގެ އިސް ކޮމާންޑަރެއް ކަމަށްވާ އެހުސާން ދަގްސާ މަރާލާފައިވާކަން އެޤައުމުގެ ދިފާއީ ވުޒާރާއިންވެސް ޔަގީންކޮށްދީފައިވާކަމަށެވެ. މިއީ މިފަހުން މުޖާހިދުންދިން ހަމަލާތަކުގައި މަރާލެވުނު އިޒްރާއީލް ސިފައިންގެ އެންމެ އިސް ކޮމާންޑަރެވެ. 

Advertisement

މިކަމާ ގުޅިގެން އިޒްރާއީލް ސިފައިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. 

އިޒްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިގޮތުން އެންމެފަހުން ލަހިޔާއަށް އަރައި ދިން ހަމަލާތަކުގައިވެސް 100 އާ ގާތްކުރާ އަދަކަށް މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރާއީލުގެ ނިރުބަވެރި ސިފައިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 42 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement