ކޮލަމްބޯގެ މަގެއްގައި ސިފައިން ފޯރިމަރަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
23 Oct 2024 | 11:56
ސްރީލަންކާގެ އަރުގަމް ބޭ އަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން އެލާޓެއް ނެރެފި

ސްރީލަންކާގެ އަރުގަމް ބޭ އަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން އެލާޓެއް ނެރެފިއެވެ.

އަރުގަމް ބޭ އަކީ ސާފިންގ އަށް މަޝްހޫރު ސަރަހައްދަކަށްވާއިރު، އެމްބަސީގެ ވެބްސައިޓްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަމަލާދީފާނެ ކަމަށް ބެލެވެނީ އަރުގަމް ބޭ ގެ ފަތުރުވެރިކަމަށް މަޝްހޫރު ސަރަހައްދުތަކަށް ކަމަށެވެ.

އެމްބަސީން ބުނީ، މި ނުރައްކަލާއި ގުޅިގެން އެމްބަސީގެ މުވައްޒަފުންނަށް ވަކި ގޮތަކަށް އަންގަންދެން އަރުގަމް ބޭ އަށް ދަތުރުކުރުން މަނާކޮށްފައިވާކަމަށެވެ. އަދި އެމްބަސީން އިތުރުގޮތަކަށް އަންގަންދެން،  އަރުގަމް ބޭ ސަރަޙައްދަށް ނުދިޔުމަށް އެމެރިކާގެ ރައްޔިތުންނަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި އެންގުމުގައި އެމްބަސީން ވަނީ ޝައްކުކުރެވޭ ހުރިހާ ޙަރަކާތެއް ލޯކަލް އޮތޯރިޓީތަކަށް ރިޕޯޓުކުރުމަށާއި، މޯބައިލް ފޯނެއް ނުވަތަ އެހެން ބާވަތެއްގެ މުވާސަލާތީ ވަސީލަތެއް ވެސް ގާތުގައި ބެހެއްޓުމަށާއި، އަދި އަޕްޑޭޓްތަކަށް ލޯކަލް މީޑިއާ މޮނިޓަރކުރުމަށް އެދިފައެވެ.

އެމެރިކާގެ އެމްބަސީން މިފަދައިން ބުނި ނަމަވެސް، މި ނުރައްކަލުގެ ބާވަތާއި އަދި މަސްދަރާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ދީފައެއް ނުވެއެވެ.

ސްރީލަންކާއަށް މިފަހުން ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ 2019 ވަނަ އަހަރެވެ. އެފަހަރު ދިން އީސްޓަރ ބޮމުގެ ހަމަލާގައި 279 މީހުން މަރުވިއިރު މީގެ ތެރެއިން 45 މީހުންނަކީ އެހެން ޤައުމުތަކުގެ މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.