މަޖިލީހުގެ މިއަދުގެ 241 ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
27 Nov 2024 | 11:48
މަޓާޓޯއިންވެސް ބޭނުންވަނީ ހަމައެކަނި އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން!

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ބޭނުންވަނީ އެ ޕާސްޕޯޓުގައި އެތެރެވާ އެންމެންގެ ބަދަލުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިން މަނާކުރަން ކަމަށް، ޓޫރިސްޓުން ގެންނަ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ ކަމަށްވާ މަޓާޓޯ އިން މިއަދު ބުނެފި އެވެ.

އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީން އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހަށް ހިޔާލު ހޯދުމަށް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މިއަދު މަޓާޓޯގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ވިދާޅުވީ މިފަދަ މައްސަލަ ތަކުގައި، ގޮތް ނިންމުމުގެ ކުރިން އާއްމުކޮށް އެ ޖަމިއްޔާއިން ދިރާސާަތައްކުރާ ކަމަށެވެ. އެހެން ނަމަވެސް، ވަގުތު ނުލިބުމުގެ ސަބަބުން އެކަން ނުކުރެވޭ ކަމަށާ، ވުމާއެކު، މި މައްސަލައާއި ގުޅިގެން ގޮތެއް ކަނޑައަޅަން މަޓާޓޯގެ ބައިނަލްއަގުވާމީ ޕާޓްނަރުންނާއި މެންބަރުންނާއި މަޝްވަރާ ކުރި ކަމަށެވެ.

އެގޮތުން، ގެސްޓްހައުސް އެސޯސިއޭޝަނުންވެސް އެދޭ ގޮތަށް، އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ ”ޓާގެޓެޑް އެޕްރޯޗެއް“ ނުވަތަ ވަކި ބަޔަކު މަނާކުރުން ކަމަށް ގިޔާސް ވިދާޅުވިއެވެ. 

އަދި އިސްރާއިލުންވެސް ދިވެހިރާއްޖެ ބޯއިކޮޓް ކުރުމަށް އަންގާފައިވާ ކަމަށާ، ރާއްޖެއިންވެސް އެމީހުން ބޮއިކޮޓްކުރުމަށް ގޮވާލަމުންދާއިރު، އެ ޕާސްޕޯޓް އޮންނަ މީހުން ރާއްޖެ އައުމާމެދު ކުރިއަށް އޮތް ދެއަހަރުވެސް ނުވިސްނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވުއެވެ. ހަމަ އެހެންމެ، އައި ނަމަވެސް އަންނަނީވެސް މަދު ބައެއްކަންވެސް ފާހަގަކުރެއްވިއެވެ.

"ވަރަށް ކުޑަ މާކެޓެއް އެއީ. މީގައި ޗެލެންޖުތަކަކީ، އަޅުގަނޑަށް ހީވަނީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންހެން. މީގައި ރަޝިއާ ސެންކްޝަންގައި ވެސް ވަރަށް ގިނަ ރަޝިއާ މީހުން ވެސް، އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެބަގެންގުޅޭ އިޒްރޭލް ޕާސްޕޯޓް ޕްލަސް އިއްޔެ ގެސްޓްހައުސް ބޭފުޅުން ވެސް ވިދާޅުވި ފަލަސްތީނުގައި އުޅޭ ބޭފުޅުން ވެސް އެ މީހުންނަށް ފަލަސްތީނު ޕާސްޕޯޓުން ޔޫރަޕް ގައުމުތަކަށް ނުދެވެއޭ. އެހެންވީމަ ޑުއަލް ޕާސްޕޯޓް އެބަގެންގުޅޭ. މުސްލިމުން ވެސް އެބަ ގެންގުޅޭ. އެހެންވީމަ މިކަމުގައި ވަރަށް ގިނަ އެހެން ކަންތައްތަކަށް ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ އެބަ. މީގައި އަޅުގަނޑުމެންގެ ފައިނޭންސް މިނިސްޓްރީން ވެސް އެބައޮތް ވިދާޅުވެފައި ރާއްޖޭގެ ރޭޓިން ޑައުންގްރޭޑިންއަށް އެފެކްޓް ކުރިއޭ. އެހެންވީމަ ހީވަނީ މިއީ ވަރަށް ކޮމްޕްލިކޭޓެޑް ވާހަކަތަކަށް ވިސްނަން ޖެހޭހެން،" 

އެމްއެމްޕީއާރުސީގެ ޗެއާމަން އަދި މަޓާޓޯގެ ރައީސް ގިިޔާސް 

ގިޔާސް ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާއިރު ވަރަށް ގިނަ ކަންތައްތަކަކަށް ބަލަން ޖެހޭ ކަމަށާއި، އެގޮތުން އިސްރާއީލްގެ ފަހަތުގައި އެމީހުންގެ އެހީތެރިންގެ ގޮތުގައި ތިބީ، އެމެރިކާ، ޖަރުމަނު އަދި އިންޑިޔާ ފަދަ ގައުމުތައް ކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފިޔަވަޅަކާއި ގުޅިގެން ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެދާނެ ފަދަ ގޮތަކަށް އެމެރިކާއިންވެސް ފިޔަވަޅެއް އަޅާފާނެ ކަމަށް އޭނާ ވިދާޅުވުއެވެ. 

"... އަޅުގަނޑުމެންނަށް ފެންނަނީ ޓާގެޓެޑްކޮށްނޭ ބޮޑަށް ގެންދަން. އެއީ އިޒްރޭލުގެ ސަރުކާރާއި އިޒްރޭލުގެ އިސްވެރިންނަށް ޓާގެޓް ކޮށްގެން ގެންދިޔައްޔާ އޭ އަޅުގަނޑުމެންނަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމެޓީގެ އިއްޔެގެ ބައްދަލުވުމަށް ގެސްޓުހައުސް އެސޯސިއޭޝަންގެ ވެރިން ހާޒިރު ކުރުމުން، އެ ޖަމިއްޔާ އިން ވެސް ބުނީ ތާއީދުކުރަނީ ހަމައެކަނި އިޒްރޭލުގެ ސިފައިންވެސް ނުހިމެނޭ ގޮތަށް ވެރިންގެ ޕާސްޕޯޓް މަނާކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.