ކޮލަމްބޯ އެއާޕޯޓް އިމިގްރޭޝަން ކައުންޓަރުގައި ދިވެހިންތަކެއް...
ހަބަރު
02 Jan 2025 | 16:23
މިދިޔަ އަހަރު ލަންކާއަށް 47,222 ދިވެހި ޒިޔާރަތްކުރި

ނިމިގެންދިޔަ އަހަރު ސްރީލަންކާއަށް 47,222 ދިވެހިން ޒިޔާރަތްކުރިކަމަށް، އެޤައުމުގެ ޓޫރިޒަމް ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ތަފާސްހިސާބާ ބެހޭ އިދާރާއިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު އެޤައުމަށް 2,053,465 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެޤައުމަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދު 47,222 ހާހުގައި އުޅޭއިރު، ރާއްޖެ ހިމެނެނީ 10 ވަނައަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްގެ ގޮތުގައެވެ. 

ނިމިގެންދިޔަ ޑިސެމްބަރުމަހު އެކަނިވެސް 6,903 ދިވެހިން ވަނީ ލަންކާއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު، 2.8 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލަންކާއަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދަކީ 5,968 އެވެ.

ސްރީލަންކާއަކީ ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ގޮސް އުޅޭ ޤައުމެވެ. އަދި ލަންކާއަކީ ރާއްޖެ ފިޔަވައި އެންމެގިނަ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެވެ. ސްރީލަންކާގެ ކަމާބެހޭ އިދާރާގެ ތަފާސްހިސާބަށް ބަލާއިރު، ގިނަ ދިވެހިން ލަންކާއަށް ދަތުރުކޮށްއުޅެނީ، ބޭސްފަރުވާގެ ހިދުމަތް ހޯދުމަށާއި، ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ވިޔަފާރީގެ އެކި ބޭނުންތަކަށެވެ.

ނަމަވެސް 2019 ވަނަ އަހަރު އީސްޓާ ބޮމުގެ ހަމަލާ އާއި މި ފަހުން ލަންކާއަށް ކުރިމަތިވި މާލީ ދަތިތަކާހެދި އެކި ބޭނުންތަކުގައި އެޤައުމަށް ޒިޔުާރަތްކުރާ ދިވެހިންނާއި އަދި ދިރިއުޅެމުން އަންނަ ދިވެހިންގެ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް މިހާރު ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އައުމާ ގުޅިގެން އެޤައުމަށް ޒިޔާރަތްކުރަމުން އަންނަ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.