އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
08 Jan 2025 | 12:54
އެމެރިކާ-އިންޑިއާ ނިއުކްލިއަރ ހަކަތައިގެ ގުޅުމަށް އެޅިފައިވާ ހުރަސްތައް ނައްތާލާނަން: އެމެރިކާ

އެމެރިކާއާއި އިންޑިއާއާ ދެމެދު ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅިފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލާނެކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ބައިޑެންގެ ރިޔާސީ ދައުރު ހަމަވާން މަދު ދުވަސްތަކަކަށް ވެފައިވަނިކޮށް ސުލިވަން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ މިހާރު ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.

މަދަނީ ކަންކަމަށް ބޭނުންވާ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް، އެމެރިކާގެ ނިއުކްލިއަރ ރިއެކްޓަރތައް އިންޑިއާއަށް ވިއްކުމާ ބެހޭ ގޮތުން އެމެރިކާއާއި އިންޑިއާއާ ދެމެދު ދެހާހުގެ މެދުތެރެއިން ފެށިގެން އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި 2007 ވަނަ އަހަރު ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާއިން ވަނީ އިންޑިއާއަށް ނިއުކްލިއަރ ޓެކްނޮލޮޖީ ވިއްކުމާ ބެހޭ އެއްވަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފައެވެ. އަދި 2019 ވަނަ އަހަރު، އެމެރިކާއިން އިންޑިއާގައި 6 ނިއުކްލިއަރ ރިއެކްޓަރ ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ.

އެހެންނަމަވެސް، ރިއެކްޓަރަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ޒިންމާ ނަގަން ޖެހޭނީ ރިއެކްޓަރ އުފެއްދި ފަރާތުގެ ބަދަލުގައި، ރިއެކްޓަރ އޮޕަރޭޓްކުރާ ފަރާތަށް ވާން ޖެހޭނެކަމަށް ބައިނަލްއަގްވާމީ އުސޫލުތައް ބުނިނަމަވެސް، އިންޑިއާގެ ގާނޫނުތައް އެހެން ނެތުމުން މި އެއްބަސްވުންތަކަށް އަމަލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ދެގައުމުގެ މެދުގައި ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރާނެކަމަށް އެމެރިކާއިން ބުނިނަމަވެސް، މިކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތަފްސީލެއް ދެގައުމުންވެސް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އިންޑިއާއިން 1998 ވަނަ އަހަރު ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރުމާ ވިދިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިންޑިއާގެ އިދާރާތަކާއި ފަރާތްތަކަށް، އަޅާފައވާ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތްވެސް އެމެރިކާއިން ކުރަމުންދާނެކަމަށް ޖޭކް ސުލިވަން ދިއްލީގައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.