އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
27 Jan 2025 | 10:00
ޣައްޒާ ހުސްކޮށް، އެ ސިޓީގެ ރައްޔިތުން މިސްރާއި އުރުދުނަށް ބަދަލުކުރަން ބޭނުންވާކަމަށް ޓްރަމްޕް ބުނެފި

ފަލަސްތީނުގެ ޣައްޒާ ހުސްކޮށް، އެ ސަރަހައްދުގެ ރައްޔިތުން މިސްރާއި އުރުދުންނަށް ބަދަލުކުރަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ޓްރަމްޕް ބުނީ، ޣައްޒާގައި ދިރިއުޅޭ 1 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ގެދޮރު ބިނާކުރުމަށްފަހު ކައިރީގައިވާ އަރަބި ގައުމުތަކަށް ބަދަލުކުރުމާއި މެދު މިދިޔަ ހޮނިހިރު ދުވަހު އުރުދުުންގެ ރަސްގެފާނާއި ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ.

އދ އިން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް އުރުދުންގައި ފަލަސްތީނަށް ނިސްބަތްވާ 2.39 މިލިއަން ރައްޔިތުން އުޅޭއިރު، ޓްރަމްޕް ވަނީ އަދިވެސް ފަލަސްތީނުގެ ރައްޔިތުން އެގައުމަށް ގެންދިޔުމަށް އުރުދުންގެ ރަސްގެފާނުގެ ކިބައިން އެދިފައެވެ. 

މިކަމާއި ގުޅޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސި އާއި ވެސް ވާހަކަދައްކާނެކަމަށާއި، ޣައްޒާ އެއްކޮށް ސުންނާފަތި ވެފައިވާއިރު، އަރަބި ގައުމުތަކުން އެ ސަރަހައްދުގެ ރައްޔިތުންނަށް އެހެން ހިސާބެއްގައި ގެދޮރު ބިނާކުރުމުގައި ބައިވެރިވާނެކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ގެ މި ވާހަކަތަކާއި ގުޅިގެން މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން އެހެންތާކަށް ބަދަލުކުރުމަށް އެގައުމުން ދެކޮޅު ހަދާކަމަށެވެ. މިއާއިއެކު، އުރުދުން އިން ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ބިމުގައި ގާއިމުވެ ތިބުމަށް ބާރުއަޅާކަމަށް ބުނެފައެވެ.

ޓްރަމްޕް މިފަދައިން ބުނެފައިވާއިރު، އޭނާ ވަނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދިޔަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެގައުމުގެ ކުރީގެ ރައީސް ޖޯ ބައިޑެން މަނާކުރި 2،000 ޕައުންޑްގެ ބޮން އިސްރާއީލަށް އަލުން ފޯރުކޮށްދޭން ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.