ރާއްޖޭގެ ފެމިލީ ކޯޓް
ހަބަރު
19 Feb 2025 | 13:24
ދިވެހި އަންހެނެއްގެ ތިން ފިރިން: ނުރައްކާތެރި ކަމެއް

ކޯޓުތަކުން ހަދާފައިވާ އުސޫލާއި ހިލާފަށް ރާއްޖެއިން ބޭރުގައި ބައެއް ކައިވެނިތައް ކުރެވޭތީ ނުރައްކާތެރި ކަންތައްތަކެއް ފާހަގަ ކުރެވެމުންދާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައެވެ. އެ ކޮމެޓީގައި މިއަދު ވަނީ ކައިވެނި ރޫޅުމުން އެ ކައިވެންޏަށް ލިބިފައިވާ ދަރީންނަށް ހަރަދު ދިނުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ފެމެލީ ކޯޓްގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމް ވިދާޅުވީ ކޯޓުތަކުން ހަދާފައިވާ އުސޫލާއި ހިލާފަށް ރާއްޖެއިން ބޭރުގައި ބައެއް ކައިވެނިތައް ކުރެވެމުންދާ ކަމަށެވެ.

އެެކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ކަންތައްތަކެއް ފެންމަތިވަމުންދާ ކަމަށް ވިދާޅުވި އެވެ. އެފަދަ އެއް މައްސަލައަކަށް ފާހަގަ ކުރެއްވީ ދިވެހި އަންހެނެއްގެ ތިން ފިރީން ތިބި މައްސަލަ އެކެވެ. މައުސޫމް ވިދާޅުވީ އަންހެން މީހާގެ ފުރަތަމަ ކައިވެނި ރާއްޖެއިން ބޭރުގައި ކުރުމަށް ފަހު ރަޖިސްޓްރީ ކުރަން ހުށައެޅުމުން ބައެއް ކަންކަން ދިމާވެ ރަޖިސްޓްރީ ނުކުރެވުން އެކައިވެނި ދޫކޮށްލާ އަލުން އެހެން މީހަކާ ކައިވެނި ކުރި ކަމަށެވެ. އެ ކައިވެނި ވެސް ކުރީ ރާއްޖެއިން ބޭރުގަ އެވެ. އެ ކައިވެނި ރަޖިސްޓްރީ ކުރަން ހުށައެޅިއިރު ކުރީގެ ކައިވެނި ކުރަން ހުށައެޅި ލިޔުންތައް ވެސް ކޯޓްގައި ހުއްޓެވެ.

އަދި އެ ކައިވެނި ރަޖިސްޓްރީ ނުކުރެވި ވަނިކޮށް އެ ކައިވެނި ދޫކޮށް އަނެއް އިތުރު ކައިވެންޏެއް ކޮށްފައިވާ ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބުވެސް އޮޅިގެން ހިނގައިދާނެ ކަމެއް,"

މައުސޫމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކުރެވޭ ކައިވެނިތައް ރަޖިސްޓްރީ ކުރެވޭނެ އުސޫލުތަކެއް ހަމަޖައްސާފައި ހުންނަ ކަމަށެވެ. އެންމެ މުހިންމު އެއް ކަމަކަށް ފާހަގަ ކުރެއްވީ އެ ކައިވެނީގެ ކުރީން ފެމިލީ ކޯޓުން ހުއްދައެއް ހޯދުމެވެ. އެއީ ކައިވެނި ރަޖިސްޓްރީ ކުުރުމުގެ މަރުހަަލާ ފަސޭހަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ.

ނަމަވެސް އެ އުސޫލަށް ބެލުމެއް ނެތި ކައިވެނި ކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަކީ މައްސަލައެއް ނޫން ކަމަށާ ނަމަވެސް އެ ގޮތަށް ކައިވެނި ކުރާނަމަ އެ އުސޫލުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. މައުސޫމް ވިދާޅުވީ އަންހެނަކު ދެ ފިރީން ނުވަތަ ތިން ފިރީން ތިބުމުގެ ފާހަގަވީ އެންމެ މައްސަލައެއް ނޫން ކަމަށެވެ.

ހައިކޯޓްގައި މިހާރު ވެސް އެފަދަ މައްސަލައެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.