ކާށިދޫ ކޮޕީފަތްދަނޑެއް... ފޮޓޯ: ނާހިދު
ހަބަރު
01 Mar 2025 | 16:15
ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ ޑިމާންޑުބޮޑު ދިވެހި އުފެއްދުމަކީ ކޮޕީފަތް!

ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތީގެ އަގުތަކަށް އެންމެބޮޑު ބަދަލެއް އަންނަނީ ރަމަޟާންމަހުއެވެ. ރަމަޟާންމަހު އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކައްޗަކީ ފަތުގެ ބާވަތްތަކެވެ. ހާއްސަ ގޮތެއްގައި ކުއްޅަފިލާފަތާއި ކޮޕީފަތެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ކޮޕީފަތަށެވެ.

ރަމަޟާންމަހު ކޮޕީފަތުގެ ޑިމާންޑް ހުރިގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި އެންމެ އާބާދީބޮޑުކަމަށް ފާހަގަކުރެވޭ ހުޅުމާލެސިޓީގެ މާރުކޭޓުތަކުގައި މިއަދު ކޮޕީފަތްލިބެން ހުރީ ވަރަށް މަދުންނެވެ. މާރުކެޓުގައި ކޮޕީފަތް ވަރަށް މަދުން ހުރިއިރު، ތިން ފަތުގެ ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ.

ކޮޕީފަތްގަހެއް.. ފޮޓޯ: ވޮއިސް

މާލޭގެ ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، ކޮޕީފަތެއް ތިން ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މާލޭ ބާޒާރަށް އެންމެ ގިނައިން ކޮޕީފަތް އެންމެގިނައިން ގެންނަ އެއް ރަށަކީ ކ.ކާށިދޫއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކާށިދޫ ކައުްނސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ، ކޮޕީފަތަކީ އަބަދުވެސް އެރަށުގައި ހައްދާ އެއްޗެއް ކަމަށާއި، މިގޮތުން މިހާރުވެސް ކާށިދޫގައި ކޮޕީފަތް ބޭނުންވަރަކަށް ލިބެން އެބަހުރި ކަމަށެވެ.

ކާށިދޫއިން މާލޭ ބާޒާރަށް ފުޅާދާއިރާއެއްގައި ކޮޕީފަތް ސަޕްލައިކުރާ މީހަކު ނަން ނުޖެހުމަށް އދެމުން ބުނީ މިއަދު އެކަނިވެސް 2،000 ހާހަށްވުރެ ގިނަ ފަތް ފޮނުވާފައިވާކަމަށެވެ. މިހާތަަށް އެންމެ ޑިމާންޑް ބޮޑީވެސް ކޮޕީފަތުގެކަން އޭނާ ފާހަގަކުރިއެވެ. މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ދިމާވާނަމަ ކޮޕީފަތް ސަޕްލައިކުރުމުގައި ދަތިވެއްޖެ ނަމަ ބާޒާރުގައި ކޮޕީފަތުގެ އަގު އުފުލުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ދަތުރުފަތުރުގެ ކަންކަން ކުރިއަށްދާނަމަ ބާޒާރުގައި އަގުތައް މައްޗަށް ނުދާވަރަށް ކޮޕީފަތް ސަޕްލައި ކުރެވޭނޭކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.