13 Oct 2018 | 10:12
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރާނެ އިތުރު ކަމެއް ދެން ނޯންނާނެ: ޤާސިމް

ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެންފުށީ ރައްޔިތުންނާ މުހާތަބު ކުރައްވާ މިހާރުގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރާނެ އިތުރު އެއްވެސް މަސައްކަތެއް ދެން ނޯންނާނެކަމުގައި ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ލީޑަރު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމް އިން އިންތިޚާބުގެ މައްސަލަ ސުޕްރީމްކޯޓަށް ވައްދާފައިވާ މައްސަލާއާއި ޖޭޕީއާއި ގުޅުވައިގެން އެތައްތުހުމަތު ތަކެއް ބައެއް ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމަށް ރައްދު ދެއްވާ ވާހަކަ ދައްކަމުން ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް މީގެކުރިންވެސް ދަންނަވާފައި ވާނެ ކަމަށެވެ. ވީމާ ޖޭޕއޭކިޔައިގެން މިހާރުފަތުރަމުން އެދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.

"ސުޕްރީމްކޯޓަށް ޕީޕީއެމުން މައްސަލަ ވެއްދުމާ ގުޅިގެން އެބަ އަޑުއަރުވަމުންދޭ ޖުމްހޫރީޕާޓީ މި ކޯލިޝަނުން ވަކިވެގެން ސަރުކާރު ސައިޑަށް ދަނީއޭ. ތަފާތު ވައްތަރުގެ ޕްރޮޕެގެންޑާ ފަތުރަމުން އެބަދޭ. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކުގައޭ. އަޅުގަނޑު ދަންނަވާފަ އޮންނާނީ އަޅުގަނޑު އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އަޅުގަނޑުދެން ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް. އަޅުގަނޑު ދެންނެވިން އަބްދުﷲ ޔާމީނަށްވެސް އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަމޭ. އަދި އަޅުގަނޑުމެން ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން އަޅުގަނޑުމެން ހަދާނެ ކޯލިޝަނެއްވެސް ނޯންނާނެކަން ހަމަ ކަށަވަރު." ޤާސިމް ވިދާޅުވި އެވެ.

މިދަތުރުފުޅުގައި ގާސިމްގެ އިބްރާހިމްގެ އިތުރުން އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަލީ ވަހީދު އާއި ޖޭޕީގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ގާސިމް އަނބިކަނބަލުން ވަނީ ފެންފުށީ ރައްޔިތުން ގާސިމްގެ ޓީމް އަށް ދެއްނެވީ ހޫނު މަރުހަބާއަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން ގާސިމް ފެންފުއްޑަށް ވަޑައިނެވުމުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔަކަމުގައި ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
12 Jul 2026
ނޯވޭ ބަލިކޮށް އިނގިރޭސިން ވަރލްޑްކަޕް ސެމީފައިނަލަށް
ރޭގެ މެޗްގައި އިންގްލެންޑްގެ ތަރިއަކަށްވީ ބެލިންހަމްއެވެ.
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.