އެމްއެންޔޫ ފަހިދުވަސް
ހަބަރު
12 Jul 2026 | 09:20
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއެންޔޫ ފަހި ދުވަސް 2026" ރަސްމީކޮށް ހުޅުވައިފިއެވެ. މި ހަރަކާތަކީ މަތީ ތައުލީމަށް ހޭލުންތެރިކުރުވުމަށާއި، ކެރިއަރ ގައިޑެންސް ދިނުމުގެ އިތުރުން އެއް ތަނަކުން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި އިވެންޓުގެ އެންމެ މުހިންމު އެއް ބަޔަކީ "ވަން-ސްޓޮޕް އެޑްމިޝަން ސެންޓަރު" އެވެ. މި ސެންޓަރު މެދުވެރިކޮށް ޔުނިވަރސިޓީން ހިންގާ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ލިބުމުގެ އިތުރުން، އެޑްމިޝަން ފޯމު ހުށަހެޅުމާއި ރަޖިސްޓްރީވުމުގެ ކަންކަން އެމްއެންޔޫގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ވަގުތުން ފުރިހަމަ ކުރެވޭނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޝައުގުވެރިކަމާއި ގާބިލިއްޔަތު ހުރި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ކެރިއަރ ގައިޑެންސްވެސް މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދެއެވެ.

މި ހަރަކާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކާއި ސެންޓަރުތަކުން ދަނީ އަމަލީ ތަޖުރިބާ ލިބޭނެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ސައިންސް އެކްސްޕެރިމެންޓްތަކާއި، އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި، ކުރެހުމާއި ފަންނުވެރިކަމުގެ ހަރަކާތްތަކުގެ އިތުރުން ފިޒިއޮތެރަޕީ އަދި މެރިޓައިމް ދާއިރާގެ ދައްކާލުންތައް ހިމެނެއެވެ.

މި އަހަރުގެ ފަހި ދުވަހުގައި އެމްއެންޔޫގެ ޕާޓްނަރުންގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަދި ފިޒިއޯ ސޮލިއުޝަންސް ފަދަ އިދާރާތަކުން ބައިވެރިވެ، އެ ދާއިރާތަކުން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަނީ ހިއްސާކުރަމުންނެވެ.

އެމްއެންޔޫއިން ވަނީ ހުރިހާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، އަދި އާންމު ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ދައުވަތު އަރުވާފައެވެ. މި ހަރަކާތް މާދަމާ ރޭގަނޑު 10:00 އާ ހަމައަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައި ކުރިއަށްދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.