08 May 2019 | 15:06
ލަންކާގައި ބޭރަށް އަޑު އިވޭވަރަށް ބަންގި ގޮވުން މަނާކޮށްފި!

އަވައްޓެރި ސްރީލަންކާގެ މިސްކިތްތަކުގައި ލައުޑު ބޭނުންކޮށްގެން މިސްކިތްތަކުން ބޭރަށް އަޑުއިވޭހައި ބާރަށް ބަންގި ނުގޮވަން އަންގައިފިއެވެ.

ލަންކާގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެކެވެ. އެޤައުމުގައި މިސްކިތްތަކުގައި ލައުޑު ބޭނުންކުރާ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައި ވަނީ ރޯދަ މަހާއި ދިމާކޮށެވެ. މިކަމާއި ގުޅިގެން ލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިން ރިލީޖަސް އެފެއާޒްގެ ޑިރެކްޓަރ އެމްއާރުއެމް މާލިކު ބުނީ، މި ނިންމުމާއެކު އެކަން ހުރިހާ މިސްކިތްތަކަށް އަންގާފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި، މިސްކިތްތަކުގައި ލައުޑުސްޕީކަރު ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމުގައި އާއި، ނަމަވެސް އާ ގަވާއިދުގެ ދަށުން މިސްކިތްތަކުގައި ލައުޑު ބޭނުންކުރާ ކުރުމުގައި އެ މިސްކިތް ހިމެނޭ ސަރަޙައްދުން ބޭރަށް އަޑުއިވޭ ވަރަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މި ރޯދަ މަހާއި ދިމާކޮށް މިސްކިތްތަކުގައި ރޭ އަޅުކަންކުރާ ކުރުން ވީހާވެސް ކުރު ކުރުމަށް މިހާރު މިސްކިތްތަކަށް އަންގާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ލަންކާގައި މިފަދަ ގަވާއިދެއް ހަދާފައި މިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޤައުމުގެ 8 ތަނެއްގައި ބޮން ގޮއްވާލައިގެން ދިން ނިރުބަވެރި ހަމަލާއަށްފަހު އެއީ މުސްލިމުން ކުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހުގެ ހަމަލާއާއި ގުޅިގެން ލަންކާގައި މޫނު ބުރުގާ އެޅުންވެސް ވަނީ މަނާކޮށްފައެވެ.

މިސްކިތްތަކުގައި ލައުޑު ބޭނުންކުރާއިރު ބޭރަށް އަޑު ނީވޭވަރަށް އެތަކެތީގެ ބޭނުންކުރުމަށް އަންގާފައި ވާއިރު، ލަންކާގައި ބުދު ދީނުގެ މީހުންގެ ޚާއްސަ ފެސްޓިވަލްތަކާއި ދިމާކޮށް އެޤައުމުގެ ބޮޑެތި މަގުތަކުގައި ގިނަ އަދަދަކަށް ލައުޑު ހަރުކޮށް އެމީހުންގެ ހުތުބާތައް އެކި ރާގުރާގަށް އަވަށްތަކުގައި އެތައް އިރެއް ވަންދެން ޖަހައި އުޅެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ
އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
21 Jun 2026
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
21 Jun 2026
އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
21 Jun 2026
'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ
އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީ އަރަބިއްޔާގައި އޭނާ ފިލްމެެއްގެ ޝޫޓިން ނަގަން ގޮސް އުޅުމުގެ ތެރޭގައި، އެތަނުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއެކު ގާތްކޮށް ވަގުތު ހޭދަކުރުމަށްފަހުގައެވެ.
21 Jun 2026
”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް
"ބޮޑު ބަދަލު" އަކީ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްވެ ތިއްބަވައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެކެވެ.