ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުއްތަލިބް ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 May 2025 | 16:15
އާ ލިސްޓެއް ނުނެރެ ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން ނިންމައިފި، އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް މި ސަރުކާރުން ނުނެރެން ނިންމާ އެ ސްކީމުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން މިއަދު އިއުލާނު ކޮށްފި އެވެ.

އެކަން ހާމަކުރީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުއްތަލިބް މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ.

"އެގޮތުން ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން," މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އެ ގޮތަށް އަމަލު ކުރަން ނިންމި ނަމަވެސް ފްލެޓް ލިސްޓާއި ގުޅޭގޮތުން އޭސީސީން އަންގާފައިވާ އެންގުންތަކަށް ބަލާނެ ކަމަށެވެ. އެގޮތުން ފްލެޓަށް ޝަރުތު ހަމަނުވާ މީހުން ތިބި ނަމަ އެ ބަޔަކު އުނިކުރާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ދިނުމަށް އޮތް ދަތިކަމުގެ ސަަބަބުން ކަން ފާހަގަ ކުރައްވާ މުއްތަލިބު ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން 2007 ވަނަ އަހަރުގެ ކުރީން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ޝަރުތުހަމަވާ މީހެއް ކަމަށް ބަލާނެ ކަމަށެވެ.

އެގޮތަށް ބަލަން ނިންމީ ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށް ފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމަކަށްވާތީ ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ބަޔަކު ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން ބަލާނީ ވަކި ލިޔުންތަކަކަށް ނޫން. ހުށައަޅާފައިވާ ހުރިހާ ލިޔުންތަކަށް އަޅުގަނޑުމެން ބަލާނަން," މުއްތަލިބު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ބެލީ ވީހާވެސް އަވަހަށް ހުރިހާ ފްލެޓްތައް ނިންމުމަށް ކަމަށެވެ. އެ ގޮތުން ވަރަށް އަވަހަށް 1,000 ފްލެޓްގެ މަަސައްކަތް ނިމޭނެ ކަމަށެވެ.

އެގޮތުން ޖުލައި މަހުގެ ތެރޭގައި 1,000 ފްލެޓް މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކުގެ މަަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ވަޒީރު ވިދާޅުވީ ކުރީން އޮތީ ފްލެޓްގެ މަަސައްކަތް ނިންމާ ފެނާއި ކަރަންޓް ގުޅުން ފަދަ ކަންކަން ވަކީން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. ނަމަވެސް ފްލެޓްތައް ނިމޭ މިންވަރަކުން ފެނާއި ކަރަންޓްގެ ކަންކަން ނިންމާ އެގްރީމަންޓްތައް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް
ދޮންދުބުރިމާ
ފޮނި ނުކަޑާ ތިޔަ ދޭން އުޅޭ ބަލާ
29 May 2025
ޚިުޔތރެ
ތިޖެހޭނީ މައމޫނުހެއްދެވިހެން ސަރުތު ހަވާއެންމެން ގުރުއަތުލާން
29 May 2025
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ