ހުޅުމާލެ ފޭސް ދޭއް... ފޮޓޯ: ވޮއިސް
ހަބަރު
26 Jun 2025 | 16:23
ފުލުހުންގެ ބޭނުމަށް ހުޅުމާލެ ފޭސް ދޭއްގައި ސަބްމެރިން ކޭބަލް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް ދޭއްގެ ސަލާމަތީ ކަންކަން ގާއިމްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ފުލުހުންގެ ބޭނުމަށް ފޭސް ދޭއްގައި ސަބްމެރިން ކޭބަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ފޭސް ދޭއްގައި ސަބްމެރިން ކޭބަލް އަޅައިދޭނޭ ބަޔަކު ހޯދުމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނަށްފަހު ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު އެމަސައްކަތް ހަވާލުކޮށްފައިވަނީ، އޯތްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ފުލުހުންގެ އިދާރާއިން ހުޅުމާލެ ފޭސް ދޭއްގައި ސަބްމެރިން ކޭބަލްތައް އެޅުމަށް ތައްޔާރުވަމުންދާއިރު، މިދިޔަ އޭޕްރިލްމަހު ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ހުޅުމާލެ ފޭސް ދޭއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ހުޅުމާލެ ފޭސް ދޭއްގެ އާބާދީ 30،000 ހާހުން މަތީގައި އުޅޭއިރު، ހިޔާ ފްލެޓް ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރުހުރީ ކަންބޮޑުވާ ހާލަތެއްގައިކަމަށް އެތަނުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ފާހަގަކުރެއެވެ. މިގޮތުން ބައެއް މަގުތަކުން ފޭރުންފަދަ އަމަލުތައް ހިންގުމާއި ސައިކަލް ފަދަ އުޅަނދުތައް ވަގަށް ނަގަމުން އަންނަކަންވެސް އެ ސަރަހައްދުގައި އުޅެމުން އަންނަ މީހުން ބުނެއެވެ.

ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދުގައި މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރާމީހުން ގިނަވުމަކީ އެތަނުގައި ދިރިއުޅެމުންދާ މީޙުްނގެ ވަރަށްބޮޑު ޝަކުވާއެވެ. މިކަމާ ގުޅޭގޮތުން އޭރު މަޖިލީހުގައި ވާހަކަދައްކަވަމުން ދާހިލީ ވަޒީރު އިހުސާން ވަނީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތީ ކަންކަން ރައްކާތެރިކުރުމަށްޓަކައި އެ ވުޒާރާއިން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ފޭސް ދޭއްގައި ކުށްކުރުމުގައި ހަރަކާތްތެރިވާ ކުދިން ފާހަގަކޮށް އެކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.