މޯދީއާ ޓްރަމްޕް ބައްދަލުކުރައްވަނީ.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
28 Jun 2025 | 14:13
އިންޑިއާގެ ވިޔަފާރީގެ އެއްބަސްވުން ވަރަށް އަވަހަށް އެކުލަވާލެވޭނެކަމުގެ އިޝާރާތެއް ޓްރަމްޕް ކުރައްވައިފި

އިންޑިއާއާއި އެމެރިކާއާ ދެމެދު އެކުލަވާލެވޭ ވިޔަފާރީގެ އެއްބަސްވުން ވަރަށް އަވަހަށް ނިމި، އެއަށް އަމަލުކުރަން ފަށާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަފިއެވެ.

ކޮންގްރެސްއިން ފާސްކުރި ޚަރަދުގެ ބިލުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުން، އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުން ހަދާނެ ބަޔަކު ނުވާނެކަމަށް ކުރިން ބުނި ކަމަށާއި، އެހެންނަމަވެސް ގައުމުތަކުން އެއްބަސްވުންތައް ހަދަމުންދާކަމަށެވެ. ޗައިނާއާއެކުވެސް ނިމުނު ހަފްތާގައި އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށާއި، ދެން އޮތީ ފަހަރުގައި އިންޑިއާއާއެކު ހަދާ އެއްބަސްވުން ކަމަށް ވެދާނެ ކަމަށާއި، އަދި އެ އެއްބަސްވުމަކީ ބޮޑު އެއްބަސްވުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ބޮޑު ޓެރިފެއް ނެގުމަށް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ނިންމެވުމާއެކު، އެކި ގައުމުތަކުން އަންނަނީ އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުންތަކަށް އާދެވެތޯ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ޓްރަމްޕް ވިދާޅުވީ ކޮންމެ ކޮންމެ ޤައުމަކާއެކު އެއްބަސްވުން ނަހަދާނެކަމަށާއި، ބައެއް ގައުމުތަކުން ޖެހޭނީ ބޮޑެތި އަދަދުތަކުން ޓެރިފް ދައްކަން ކަމަށެވެ.

އިންޑިއާއާއި އެމެރިކާއާ ދެމެދު ގާއިމްކުރެވޭ ވިޔަފާރީގެ އެއްބަސްވުން މިއަހަރުތެރޭ ނިންމާލެވޭނެކަމަށް އެމެރިކާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ހޮވަރޑް ލަޓްނިކް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ