ކުއަޑްގެ ޤައުމުތަކުގެ ހާރިޖީވަޒީރުން... ފޮޓޯ: ރޮއިޓާސް
ދުނިޔެ
01 Jul 2025 | 13:30
ކުއަޑްގެ ޚާރިޖީ ވަޒީރުން އެމެރިކާއަށް

ޗައިނާގެ ނުރައްކަލުން ދިފާޢުވުމަށް އުފައްދާފައިވާ އަސްކަރީ އެލަޔަންސްކަމަށްވާ ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް އަނެއް 3 ޤައުމުގެ ޚާރިޖީ ވަޒީރުން އެމެރިކާއަށް ވަޑައިގެންފިއެވެ.

ކުއަޑްގައި ހިމެނެނީ އެމެރިކާގެ އިތުރުން އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ އެވެ. ކުއަޑް ފޮރިން މިނިސްޓަރުންގެ ބައްދަލުވުން އޮންނާނީ ވޮޝިންޓަން ޑީ.ސީގައި މިއަދުގެ ވަގުތެއްގައެވެ. އިންޑިއާގެ ޚާރިޖިއްޔާއިން ބުނީ މި ބައްދަލުވުމުގައި އޮންނާނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ކުއަޑްގެ ބައްދަލުވުމުގައި ކުރަން ފެށުނު މަޝްވަރާތައް ކުރިއަށް ގެންދިޔުމާއި، މި ދެބައްދަލުވުމުގެ ދެމެދު ކުރެވުނު މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށެވެ. އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު، އައު ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އެންމެ ފުރަތަމަ ބޭއްވި ރަސްމީ ބައްދަލުވުމަކީ ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ.

މި ފަހަރުގެ ބައްދަލުވުމުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި، ޚާއްސަކޮށް އިންޑޯޕެސިފިކް ސަރަހައްދުގެ ސަލާމަތީ އަދި އެހެނިހެން ދާއިރާތަކުގެ މައްސަލަތަކާ ބެހޭ ގޮތުން 4 ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވާނެއެވެ. އަދި ހަމައެއާއެކު މިއަހަރު ފަހުކޮޅު އިންޑިއާގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ކުއަޑްގެ 4 ޤައުމުގެ ވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާއި ބެހޭ ގޮތުންވެސް މިއަދު ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ