ރައީސް ޑރ.މުއިއްޒު މާލެންދޫގައި ވާހަކަދައްކަވަނީ..
ހަބަރު
22 Jul 2025 | 15:52
މާޅެންދޫ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަނުޖެހި ދިގުލައިގެން ދަނީ އަތޮޅު ކައުންސިލުގެ ސަބަބުން: ރައީސް

ނ.އަތޮޅު މާޅެންދޫ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަނުޖެހި ދިގުލައިގެން ދަނީ އަތޮޅު ކައުންސިލުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މާޅެންދޫގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވައުދުފުޅެންކަމަށާއި، އެކަން އެގޮތަށް އޮތްނަމަވެސް މިހާތަނަށް އެކަން ނުނިމިއޮތީ އަތޮޅުކައުންސިލުގެ ސަބަބުންކަމަށެވެ. 

ފިޝަރީޒް މިނިސްޓްރީން 2022 ވަނަ އަހަރު ދިގު މުއްދަތަކަށް ތޮޅެންދޫ ކުއްޔަށް ދިނުމަށް އިއުލާނުކުރުމުން ނ.އަތޮޅު ކައުންސިލުން ވަނީ އެކަން ހުއްޓުވުމަށް ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކޯޓުން ވަނީ ކުއްޔަށްދިނުން މަޑުޖައްސާލުމަށް އަމުރު ނެރެފައެވެ. އެހެންކަމުން މިއަދާހަމަޔަށްވެސް ތޮޅެންދޫ މައްސަލަ އޮތީ ޝަރުއީ މަރުހަލާގެ ތެރޭގައެވެ.

މާލެންދޫ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަނުޖެހި ދިގުލައިގެންދާ މައްސަލައާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު މިއަދު ވިދާޅުވީ މާޅެންދޫގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަނުޖެހި ދިގުލައިގެންދަނީ އަތޮޅު ކައުންސިލްގެ ސަބަބުންކަމަށެވެ.

އަތޮޅު ކައުންސިލުން ކޯޓަކަށް ހާޒިރެއްނުވޭ. ހާޒިރު ނުވީމައި މައްސަލަ ނުހިނގައިގެން މިއުޅެނީ. އެހެންވީމައި މާޅެންދޫ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އަދި އަޅުގަނޑު ވައުދުވެފައިވާގޮތަށް ތޮޅެންދޫ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުރަސްތައް ކުރިމަތިކުރުވާފައިމިވަނީ  އަތޮޅުކައުންސިލުން

ރައީސް ވިދާޅުވިއެވެ

ރައީސް ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ މި މައްސަލާގައި ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން މަގެއް ފެނޭތޯބެލުމަށް އެޓަރނީ ޖެނެރަލްގެ ކިބައިން މިހާރު އެދިފައިވާނޭކަމަށެވެ. މާލެންދޫގެ ރައްޔިތުންނަށް ޓަކައި މިކަމަށް ގޮތެއް ހޯއްދެވުމަށް ވަރަށްބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ތޮޅެންދޫ 21 އަހަރަށް ކުއްޔަށްދޭން އުޅުމުން އެ މައްސަލާގައި ނ.އަތޮޅު ކައުންސިލުން ނިކުތީ އެކަމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް ނޫންކަމަށް ބުނެއެވެ. އެގޮތުން ތޮޅެންދޫ މީހުންނަށް އެރަށަށް ދިއުމުގެ މަގު ބަންދުވެއްޖެނަމަ، އެތައް ގެއްލުންތަކެއް ލިބިގެންދާނެކަމަށްވެސް ނ.އަތޮޅު ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.