އެމްޑީޕީގެ ”ރަން ރީނދޫ“ ދުވުން މާދަމާ

އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާ އެއްގެ ތެރެއިން- ފޮޓޯ/ ވޮއިސް

އެމްޑީޕީއަށް 20 އަހަރުފުރުމާ ގުޅިގެން ބާއްވާ ”ރަން ރީނދޫ“ ދުވުން މާދަމާ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ދުވުން އޮންނާނީ މާދަމާ ހަވީރު 4:00-6:00 އަށެވެ. ދުވުން ފަށާަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. 

އެމްޑީޕީން ވަނީ އެޕާޓީގެ އެންމެހާ މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮއެދޭ، ޑިމޮކްރަސީއަށް ލޯބިކުރާ އެންމެންވެސް މޮ ދުވުމުގައި ބައިވެރިވުމަށް ދައުވަތުދީފައެވެ.

އެމްޑީޕީން "ރަން ރީނދޫ"ގެ ނަމުގައި ދުވުމެއް ބާއްވަން އެންމެ ފުރަތަމަ ނިންމީ މިމަހު 18 ވަނަ ދުވަހު ހުޅުމާލޭގައެވެ. 

ނަމަވެސް ހުޅުމާލޭ ސެންޓްރަލް ޕަރކް ވަށައިގެން އޮންނަ ބަގީޗާ ހިނގުމުގަ ސިޔާސީ ހަރަކާތެއް ބާއްވަން ހުއްދަ ނުދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނުމުން އެ ދުވުން މާލެއަށް ބަދަލު ކުރީއެވެ. 

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. ދުވުން ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.

ކޮމެންޓް