ކުރީގެ ޖަސްޓިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން
ހަބަރު
23 Jul 2025 | 16:22
ރައީސްގެ ކުރިފުޅުމަތީ ހުތުރު ވައްތަރު ޖައްސަން ފުރުސަތު ދީގެން ނުވާނެ: މުޢިއްޒު

ދިވެހި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީ ހުތުރު ބަހުން މުއާމަލާތްކޮށް ވައްތަރު ޖައްސަން ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ޖަސްޓިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.

އަދުނާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ނ. ކުޑަފަރީއަށް އިއްޔެ ވަޑައިގެންނެވި ވަގުތު އެ ރަށުގެ އަންހެނަކު އެމަނިކުފާނުގެ ކުރިފުޅުމަތީ ހުތުރު ބަހުން ވާހަކަ ދައްކާފައި ވަނިކޮށެވެ. އެ އަންހެން މީހާ ވަނީ ވަރަށް ގަދަ އަޑުން ހުތުރު ބަސްތަކެއް ރައީސަށް އަމާޒު ކުރައްވާފަ އެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ކުޑަފަރީން ފެނުނު މަންޒަރަކީ ވަރަށް ނާތަހުޒީބު، ގޮތްނެތް މަންޒަރެކެވެ. އަދި ވިދާޅުވީ ދިވެހި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީ އެފަދަ ކަމެއް އެއްގޮތަކަށް ވެސް ހިންގިޔަދީގެން ނުވާނެ ކަމަށެވެ.

ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިޔަސް އެ މަގާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތަމްސީލު ކޮށްދެއްވަނީ މުޅި ދިވެހި ރައްޔިތުންނާއި ގައުމު ކަމަށެވެ.

"މިނިވަންކަމަކީ ގޮތްނެތް ކަމެއް ނޫނެވެ. ޑިމޮކްރަސީ އަކީ ހިތުހުރިހާ ގޮތަކަށް އުޅުއްމެއް ވެސް ނޫނެވެ,"

މުޢިއްޒު ވިދާޅުވީ ރައީސްގެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާ ދެބަސް ވެސް ވެވިދާނެ ކަމަށެވެ. ނަމަވެސް ވަކި ހަމަތަކަކާ ހުދޫދެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ ކޮންމެ ކަމަކަށް ވެސް، ތަނަކާއި ވަގުތަކާއި ގޮތެއްވާ ކަމަށެވެ. އެފަދަ ބޭއަދަބީ، ގޮތެއް ފޮތެއްނެތް އަމަލުތައް ކުރާ މީހުނާމެދު ފިޔަވަޅެއްް ނޭޅުމަކީ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައަށްކޮށް އިޖުތިމާއީ ފޭރާން އިތުރަށް ވީދޭނޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަނެއްކާވެސް ދަންނަވާނީ މިފަދަ ކަމެއް ހިންގިޔަދީގެން ނުވާނެ ވާހަކައެވެ," މުއިއްޒުގެ ޕޯސްޓްގައި ވެ އެވެ.

ކޮމެންޓް
ބޭބެ
އެކަން ގޯސް ވަނީ ވަގުންނަށް! ކޮންއިރަކުބާ އެކަންނުކުރަނީ ؟ މިހާރުކުރީމަ ގޯސްވަނީ!
23 Jul 2025
މަ
ވަރަށް ބޮޑު ތެދުފުޅެއް
23 Jul 2025
އަހުމަދު ރަސީދު
ރަނގަޅުވާހަކައެއް
23 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.