ކުރީގެ މަޖިލީސް މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު --
ހަބަރު
24 Jul 2025 | 15:17
އެސްޓީއޯއަށް ފައިސާ ދައްކައި ނިހާންގެ މައްޗަށް އޮތް މައްސަލަ ނިންމައިފި

އެސްޓީއޯއަށް ފައިސާ ދައްކައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އޮތް ދަރަނީގެ މައްސަލަ ނިންމައިފި އެވެ.

ނިހާންގެ މައްޗަށް އޮތީ އެސްޓީއޯ އިން މާފަންނުކޮޅުގައި ތަރައްގީ ކޮށްފައިވާ ފުޓްކޯޓްތަކުން ތަނެއް ކުއްޔަށް ނަގާ ފައިސާ ނުދައްކާ އޮތް މައްސަލަ އެކެވެ. އެތަނުގެ ކުއްޔާއި މެއިންޓަނަންސް ފީ އަދި ކުލީގެ ޖޫރިމަނާ އާއެކު އެސްޓީއޯއަށް 959،362ރ. ދައްކަން އޮތެވެ.

ކުލީގެ މައްސަލާގައި އެސްޓީއޯ އިން ނިހާން ގޮވައިގެން ކޯޓަށް ދިޔަ އެވެ. އަދި 2019 ވަނަ އަހަރު ސިވިލްކޯޓުން ވަނީ ނިހާންއާ ދެކޮޅަށް މައްސަލަ ނިންމާ އެ ފައިސާ ދެއްކުމަށް އަންގާފަ އެވެ. ނަމަވެސް ސިވިލްކޯޓުން އެ ހުކުމް ކުރީ ނިހާންގެ ޣައިރު ހާޒިރުގައި ކަމަށް ވުމުން އެ ނިންމުން ނިހާންގެ ފަރާތުން އޮތީ ހައިކޯޓަށް ގެންގޮސްފަ އެވެ.

އެ މައްސަލަ ކޯޓްގައި އޮއްވާ މައްސަލަ އަނބުރާ ވަނީ ނަގާފަ އެވެ. ނިހާން ވިދާޅުވި ގޮތުގައި މައްސަލަ އަނބުރާ ގެނައީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްފައިވާތީ އެވެ. އަދި އެސްޓީއޯއާ އެކު ވެފައިވާ އެއްބަސްވުމަކާއި އެއްގޮތަށް އެ ފައިސާ ދައްކާ މިހާރު ޚަލާސް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މައިދާނުން ފެނުނު އެންމެ ވަރުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި ވެސް ހިމެނޭ ނިހާން މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހު އިދާރާގެ ބިއުރޯ ޗީފެއްގެ މަގާމުގަ އެވެ.

ކޮމެންޓް
ސަލީމް
ކާކު ފައިސާ ދިނީ
24 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.