އިންޑިޔާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި
އިންޑިޔާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
މޯދީއަށް ރާއްޖެއިން މަރުޙަބާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާ ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.
މޯދީ ރާއްޖެވަޑައިގެންފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ:
މީގެ އިތުރުން ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެއޮފީހުން ބުނެއެވެ.
ހަމައެއާއިއެކު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތައް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
މި އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ އަހަރުކަމަށްވާއިރު، މޯދީގެ މި ދަތުުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists