މޯދީއަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Jul 2025 | 18:03
މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާއިން ވެދޭ އެހީއަށް ރައީސްގެ ހާއްސަ ޝުކުރު

ރާައްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގަައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. 

ރައީސްގެ ދައުވަތުފުޅަކަށް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާ ބައްދަލުވުމަށްފަހު، ދެ ލީޑަރުންގެ ހާޒިރުގައި މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ދެ ލީޑަރުން މީޑީޔާއާ ބައްދަލުކުރެއްވި ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް އެ ގައުމުގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައި، އިތުރު އިންޓަރެސްޓު ނާރާ ގޮތަށް އިންޑިޔާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ހާއްސަ ޝުކުރެއް ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އަދާކުރެއްވިއެވެ. 

އޭގެ އިތުރަށް މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ރާއްޖެއަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެހިގެންދިޔަކަން ފާހަގަކުރައްވަމުން، އެ ފައިސާއަކީ އެމަނިކުފާނު އިސްކަންދެއްވާ މުހިއްމު މަޝްރޫއުތައް، އަސްކަރީ، ސިއްހީ، ތައުލީމީ އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށްގެންދިއުމަށް ބޭނުންކުރެވޭނެ ފައިސާ ކަމުގައި ވިދާޅުވިއެވެ. 

އޭގެ އިތުރަށް އިންޑިޔާއާއި ރާއްޖޭގެ މެދުގައި އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަަހިކުރުމަށް ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ރަސްމީކޮށް މަޝްވަރާތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެގެންދާނީ ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އެތައް ގޮތަކުން ފުޅާވާނެ ސަބަބަކަށް ކަމުގައި ވިދާޅުވިއެވެ. 

ރައީސްވަނީ މިއަދު އައްޑޫގެ މަގުތައް ތަރައްގީކުރުމަށް އިންޑިޔާގެ އެހީގައި ހިންގި މަޝްރޫއު ނިންމައި އިފުތިތާހުކޮށްދެއްވިކަން ފާހަގަކުރައްވައި، އިންޑިޔާގެ އެހީގައި ގާއިމުކުރެވުނު ދޮށިމޭނާ އިމާރާތް މިއަދު ހަވީރު އިފުތިތާހުކޮށްދެއްވަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. 

ރައީސްވަނީ އެކި ދާައިރާތަކުން އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.