ޖުމްހޫރީ މައިދާން ސަރަހައްދު..
ހަބަރު
26 Jul 2025 | 12:58
ޖުމްހޫރީ މައިދާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރިނަމަވެސް، މަރުކަޒަށް މިސްކިތައް އެރުމަށް ހުރަހެއް ނޯންނާނެ: އެމްއެންޑީއެފް

މިނިވަންދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރިނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމަށް އެއްވެސް ހުރަހެއް ހޯންނާނޭކަމަށް ދިވެހި ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އިސްލާމީ މަރުކަޒަށް މިސްކިތައް އެރުމަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭކަމަށް ބައެއް ފަރާތްތަކުން ދައްކަމުްނގެންދާ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކާ ގުޅިގެން ޖުލައި 26 ހުން ފެށިގެން ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އެޅިނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދަށް ފައިމަގުގައި ދަތުރުކުރުމަށް އެއްވެސް ފަރާތަކަށް ހުރަޖެއް ނޯންނާނެކަމަށެވެ.

ނަމަވެސް އެ ސަރަހައްދުެގ ޓްރެފިކް ފްލޯއަށް ގެނައި ބަދަލާ ގުޅިގެން އާއްމު އުޅަނދުފަަރަށް އެ ސަރަހައްދަށް ވަދެނިކުމުގައި ދަތިތަކެއް ދިމާވެދާނެތީވެ އެމްއެންޑީއެފުން ވަނީ މައާފަށް އެދިފައެވެ. އެމްއެންޑީއެފުން ވަނީ އިސްލާމީ މަރުކަޒަށް ނަމާދަށް އަންނަ ފަރާތްތަކުން އެސަރަހައްދުން ބޭރުގައި އުލަނދު ޕާކްކުރުމަށްފަހު ހިނގާފައި މިސްކިތަށް އައުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

މިނިވަންދުވަހާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުގެ ސަލާމަތީ ކަންކަން އިންތިޒާމުކުރިގޮތުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީގެ ކުރިންވެސް ޤައުމުތަކުގެ ވެރިން ރާއްޖެ ވަޑައިގަންނަވާ ދުވަސްދުވަހާއި، އެނޫންވެސް ޤައުމީ ފެންވަރުގެ ހަރަކާތްތައް ކުރިއަށްދާ ދުވަހެއްނަމަ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އާއްމު އުޅަނދުތަކަށް ވަގުތީގޮތުން ބަންދުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.