ރައީސް ސޯލިހް
ހަބަރު
26 Jul 2025 | 12:59
އެމްޑީޕީ ވެރިކަމެއްގައި ގެދޮރުވެރިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭނަން: ރައީސް ސޯލިހް

އެމްޑީޕީގެ ވެރިކަމެއްގައި ގެދޮރުވެރިޔާ ސްކީމްގެ ފްލެތްތަކުގެ އަގުތައް ކުޑަކޮށްދެއްވާނޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން ކަނޑައަޅާފައި އޮތް އަގަށް ފްލެޓްތައް އާއްމުނަށް ދެވޭނޭކަމަށާއި، ޓަވަރުތައް އިމާރާތްކުރުން ލަސްވީވެސް ހެޔޮއަގުގައި އެކަންކޮށްދޭނެ ކޮންޓްރެކްޓަރުން ހޯދުމަ ގިނަ ވަގުތު ނެގުމުން ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 2 ކޮޓަރީގެ ފްލެޓެއް 6،000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓެއް 8،000 ރުފިޔާއަށް ދިނުމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ 7،000 ރުފިޔާ އަދި 3 ކޮތަރީގެ ފްލެޓެއް 9،000 ރުފިޔާއަށް ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ވަނީ ދެ ކޮޓަރީގެ ފްލެޓުން 15،000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓަކުން 25،000 ރުފިޔާ ނެގުމަސް ނިންމާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެތަނަށް ވަންނަ ރައްޔިތުންގެ އަތުން އެޑްވާންސް ފީވެސް ނެގުމަށް ނިންމާފައި ނުވާނޭކަމަށާއި، މިކަމުގައި އެންމެ ރަނގަޅުގޮތަކަށް ވާނީ އެމްޑީޕީ ސަރުކާރުން އެ ފްލެޓްތައް ދިނުމަށް ނިންމާފައިވާގޮތަށް އެތަންތައް ރައްޔިތުންނަށް ދިނުންކަމަށެވެ. މީގެ އިތުރުން ފްލެޓަށް ވަންނަތާ 3 މަސްދުވަސްފަހުން ކުލި ނަގާގޮތަށް ހަމަޖައްސާފައިވަނީ، ފްލެޓަށް ވަންނަ މީހުން އެތަނަށް ވަނުމަށްޓަކައި ހަރަދުތަކެއް ކުރަންޖެހޭނެތީކަމަށްވެސް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިހާރު ކަންކަން ވަމުންދާ ގޮތުން ރައްޔިތުންގެ ހިތުގައި ދައުލަތަށް އޮންނަ އިތުބާރު ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސް ގެދޮރުވެރިޔާގެ ފްލެޓްތައް ކުރިން އިއުލާނުކޮށްފައިވާ އަގަށް ރައްޔިތުންނަށް ހެޔޮކޮށްދެއްވާނޭ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ އެގްރީމަންޓްތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ސޮއިކުރުމުގެ ކަންކަން ސެޕްޓެމްބަރުމަހަށް ނިންމާލެވޭނޭކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގައި 16 ޓަވަރު ހިމެނޭއިރު، 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓް
ރަސްގެފާނު
ސޮރީ މަނިކްފާނުގެ ބާރެއް ނޯންނާނެ.
26 Jul 2025
ދިވެހީންގެ ރާއްޖެ
ސާބަހޭ ރަނގަޅު ވަގުތު މިއީ. މަނިކުފާނު ވިދާޅުވެދެއްވާ 6000ނަގަން ނިންމާފައި އޭރު އޮތަސް ދެން ވެރިކަން ލިބިއްޖެޔާ 4000އަށް ހަދާނެ ކަމަށް.
26 Jul 2025
ްއެހެނަސް
ވެރިކަމުގަ ހުރިއިރު ކީއްވެތޯ ކުޑަނުކުރެވުނީ ބަޔަކު ކުރީމަތޯ ކުޑަކުރަން ޖެހެނީ
26 Jul 2025
ބަޗީ
ކުރިން ކޮށް ނުދެވުނު ކަމެއް ދެން ކޮށްދެވޭނެ ގޮތެއް ނޯންނާނެ.
26 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.