ލަންކާގެ ހާރިޖީ ވަޒީރު، ވިޖިތް... ފޮޓޯ: އިކޮނޮމީ ނެކްސްޓް
ހަބަރު
26 Jul 2025 | 14:46
އުސޫލްތަކަކާއެކު ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރަށް ވިސާ ދެނީ

އަވައްޓެރި ސްރީލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އަހަރުދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޤައުމުގެ ހާރިޖީ ވަޒީރު ވިޖިތް ހެރަތް ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހެއްކަމަށްވާ އިކޮނޮމީ ނެކްސްޓްގައި ހާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، ދިވެހިންނަށް ވިސާދެނީ ވަރަށް ކުރު މުއްދަތަކަށް ކަމަށާއި ބައެއް ކަންކަމަށް ބެލުމަށްފަހު ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ލަންކާއިން އެއް އަހަރުދުވަހުގެ ވިސާ ހަމަޖައްސައިދޭނޭ ކަމަށެވެ.

އެއްދުވަސްވަރެއްގައިނަމަ، ލަނަްކާއަކީ ދިވެހިން އެންމެގިނައިން އެޤައުމަކަށް ޒިޔާރަތްކުރާ ގައުމެވެ. ނަމަވެސް ލަންކާގެ ހާލަތަށް ތަފާތު އެކިފަހަރުމަތިން ކުރިމަތިވި ކަންތައްތަކާ ގުޅިގެން ދިވެހިްނ އެޤައުމަށް ޒިޔާަރތްކުރަމުން އަންނަ އަދަދަދު ވަރަށްބޮޑަށް ދަށްވެފައިވާކަން ހެރަތް ފާހަގަކުރެއްވިއެވެ.

ދިވެހިންނަށް އޮންއެރައިވަލް ވިސާގައި ލަންކާއަށް ދެވޭއިރު، 30 ދުވަސް އެޤައުމުގައި މަޑުކުރުމަށް ލިބެއެވެ. 

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޯމަދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި މިކަމާ ބެހޭ އިތުރު މައުލޫމާތުތައް ހާމަކުރަނޭކަމަށް ލަންކާގެ މީޑިއާއިން ބުނެއެވެ. 

ތަފާސްހިސާބަށް ބަލާއިރު، ޖޫންމަހުގެ ނިޔަލަށް ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދު އުޅެނީ 16,453 ގައެވެ. 2019 ވަނަ އަހަރު އީސްޓާ ބޮމުގެ ހާދިސާ އާއި އަދި އެޤައުމަށް މިފަހުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއެކު ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. އަދި ވިޔަފާރިއާއި ސިއްހީކަންކަމުގެ އިތުރުންވެސް އެނޫންވެސް ބޭނުންތަކުގައި އެޤައުމަށް ޒިޔާރަތްކުރާ ދިވެހިްނގެ އަދަދުވެސް ވަނީ ދަށްވެފައެވެ.

މީގެ ކުރިން ސްރީލަންކާ ފާހަގަކުރެވިފައިވަނީ ބޭރު ގައުމެއްގައި އެންމެގިނަ ދިވެހިން އުޅޭ ޤައުމުގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.