ކުރީގެ ރައީސް އަބްދުﷲ ޔާމީން
ހަބަރު
26 Jul 2025 | 15:06
މިނިވަންކަމުގެ އިހުސާސް ހީނަރުވާން ފެށީ އެމްޑީޕީގެ ވެރިކަންތަކުގެ ސަބަބުން: ރައީސް ޔާމީން

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވާކަމުގެ އިހުސާސް ހީނަރުވާން ފެށީ އެމްޑީޕީގެ ވެރިކަންތަކުގެ ސަަބަބުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީނު ވިދާޅުވީ މިނިވަންކަމުގެ އިހުސާސަކީ ދެ ފަންތިއެއްގައި އޮންނަ އިހުސާސެއްކަމަށާއި، އެއީ ގައުމެއްގެ ފެންވަރުގައި މިނިވަންކަމުގެ އިހުސާސް ކުރެވުމާއި، ވަކިވަކި ފަރުދުންގެ ފެންވަރުގައި ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާސްކުރެވުން ކަމަށެވެ. 

މިނިވަންކަމަށް ފަސްދޮޅަސް އަހަރު ފުރޭއިރު ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގައިކަން ފާހަގަކުރައްވަމުން ފަރުދުންގެ ފެންވަރުގައި މިނިވަންކަމުގެ އުފާވެރިކަމުގެ އިހުސާސް އޮތްކަމށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ މިނިވަންކަން އޮތްކަމާމެދު ސުވާލު އުފައްދަވާފައެވެ. 

"އަހަރުމެންނަށް އަހަރުމެންގެ ކަންކަން ނިންމުމުގެ އިހުތިޔާރު އެބައޮތް ހެއްޔޭ. އެއީ ސިޔާސީ މިނިވަންކަން ނުވަތަ ސިޔާސީ އިސްތިލާހުގައި ހަގީގީ މިނިވަންކަން. ދައުލަތެއްގެ ގޮތުގައި މިނިވަންކަން އޮތްކަމަށް ފޮތުގައި ލިޔެވިދާނެ. ނަމަވެސް ދައުޮލަތުގެ މިނިވަންކަން ދަމަހައްޓާނެ އިގުތިސާދީ ފަންވަރު އެބަހުރިހެއްޔޭ، ނުވަތަ ސިޔާސީ ފަންވަރު އެބަހުރި ހެއްޔޭ. ދައުލަތް ތަމްސީލުކުރަން މިނިވަންކަމުގެ ވާހަކަދައްކަން ތިބި މަންދޫބުންގެ ކިހައި އެކަޑެމިކް ފެންވަރު ނުވަތަ ފަންނީ ގާބިލުކަނަް އެބަހުރިހެއްޔޭ؟ މިކަންކަމަށް ބަލާއިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ދައުލަތެއްގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަަމަށް ރައްޔިތުން ގަބޫލުކުރާނެ ކަމުގައި،" އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ގެއްލިގެން ހޯދުމަށް ކުރެވޭ މަސައްކަތެއް ނެތްކަމަށާއި، ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމުވެގެން ބަނޑަހަޖަހައިގެން ނެތްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރަށް ބުނެނުދެވޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެހެން ބަޔަކަށް ބަރޯސާނުވެ ރާއްޖޭގެ އިގުތިސާދީ ދުވެލި ހިފަހެއްޓުމުގެ ގާބިލުކަން ނެތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. 

ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރުގެ ރާސްތާގެ ބޮޑު ބައެއް ފާއިތުވީ މިނިވަންކަމުގެ ފުރިހަމަ އިހުސާސް ރާއްޖެއަށް ކުރެވެމުން ކަމަށާއި، ނަަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު ވިއްކައިލުމާއި އިންޑިޔާ ސިފައިން ރާއްޖެއަށް ގެނައުން ފަދަ ކަންކަމާއެކު ރާއްޖޭގެ މިނިވަންކަމުގެ އިހުސާސް ހީނަރުވި ކަމަށް ޔާމީނު ވިދާޅުވިއެވެ. 

ޔާމީނު ވިދާޅުވީ މިނިވަންކަމުގެ އިހުސާސް ބީވެގެންދާން ފެށީ މަޑުމަޑުން ނޫންކަމަށާއި، މިނިވަންކަން ގެއްލޭކަމުގެ އިހުސާސްކުރެވެން ފެށީ އެމްޑީޕީގެ ދެ ވެރިކަމުގައި ރާއްޖޭގެ ވެރިކަމަށް އެރި ލޮޅުންތަކުގެ ސަބަބުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.