ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ވޮއިސް
ހަބަރު
26 Jul 2025 | 22:17
ކުލަގަދަ ރަސްމިއްޔާތަކުން އާ ޓާމިނަލް ހުޅުވައިފި، 10 އަހަރުގެ އިންތިޒާރަށް ނިމުން

މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވައިފި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ކުރިމަތީ މިރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި މި ޓާމިނަލް ހުޅުވުމުގެ ގޮތުން ޚާއްސަ ޑްރޯން ޝޯ އަކާއި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކުންނެވެ. ވީއައިއޭގެ އާ ޓާމިނަލް ކުލަތަކުން ދިއްލާލުން ވެސް އޮތެވެ.

އާ ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. މިރޭ އޮތް ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެއާޕޯޓްގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން --

ޓާމިނަލް ހުޅުވުމުގެ އުފަލުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ ގައި މިނިވަން ދުވަހާއި ގުޅުން ހުރި އެކިއެކި މަންޒަރުތައް ޑިސްޕްލޭ ކޮށްފައިވެ އެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތްތައް އެއާޕޯޓްގެ ތިން ސަރަހައްދަކާއި މާލެ ވަށައިގެން 16 ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ވޮއިސް

އާ ޓާމިނަލް ހުޅުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރީން ވަނީ އާ ޓާމިނަލް ބައްލަވާލައްވާފަ އެވެ.

މީގެ 10 އަހަރު ކުރީން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއު ނިންމުމަށް ފަހުން އޮތީ މީގެ ދޮޅު އަހަރު ފަހަށް 2027 ގަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކުރެއްވި އެވެ.

އަދި ދޮޅު އަހަރުތެރޭ ބާކީ މަސައްކަތް ވަނީ ނިންމާލާފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ވޮއިސް

މި ޓާމިނަލް ވެގެންދާނީ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްއަށްވުރެ އެތައްގުންއެއް ބޮޑު، އަހަރެއްގެ މައްޗައް 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދެވޭނެ ތަނަވަސް ޓާމިނަލަކަށެވެ.

އެގޮތުން، އެއިރޯ ބްރިޖާއި، ސެލްފް ޗެކިންގ ސިސްޓަމާއި، އޮޓޯމެޓިކް ބެގޭޖް ހޭންޑްލިންގ ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްތަކުގެ ހިދުމަތް އައު ޓާމިނަލުން ލިބިގެންދާނެ އެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓާމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ. މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ވޮއިސް

ވީއައިއޭ އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ. އާ ޓާމިނަލަށް ފަންޑު ދިނީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޯމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުންނެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޓާމިނަލް ހުޅުވީ 1981 ވަނަ އަހަރުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.