އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތް ދޭން ފެށުން -- ފޮޓޯ: ވޮއިސް
ހަބަރު
27 Jul 2025 | 16:35
ރައީސްގެ އިއުލާނަށް ދެމަސް: އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވާ ހިލޭ އައިނު ހެއްދޭނެ ގޮތް ވެއްޖެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާ ހިލޭ އައިނު ހެއްދޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގެ އައިނު ފިހާރަ -- އެމްސީޖީއެޗް އޮޕްޓިކަލް ހުޅުވައި ދެއްވުމަށް ފަހު ފުރަތަމަ ތިން ކަސްޓަމަރުންނަށް އައިނު ވެސް ހަވާލުކޮށް ދެއްވާފަ އެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ބޮޑުކޮށް، ކުރިއަށްއޮތް ތަނުގައި އޭގެ ނާޖާއިޒްފައިދާ އަމިއްލަ ކުންފުނިތަކުން ނެގިޔަ ނުދިނުމަށް، އައިނު ހެއްދުމުގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މެއި މަހު އިއުލާން ކުރައްވާފައެވެ.

އެމްސީޖީއެޗް އޮޕްޓިކަލް ހުޅުވައި ދެއްވުމަށް ފަހު ފުރަތަމަ ތިން ކަސްޓަމަރުންނަށް އައިނު ހަވާލުކުރުން -- ވޮއިސް 

އެ އިއުލާނަށް ދެ މަސްދުވަސްތެރޭ އައިޖީއެމްއެޗްގައި އައިނު ފިހާރަ ގާއިމުކޮށް މިއަދު މި ވަނީ ހިދުމަތް ދޭން ފަށާފަ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެމްސީޖީއެޗް އޮޕްޓިކަލް ގައި ހުންނާނީ ވަރަށް އެެޑްވާންސް މެޝިނަރީޒް އެވެ. އަދި އައިނު ހެއްދުމާއި ލެންސް ލައްވައި ދިނުމާއި ލޮލުގެ ޕްރެޝަރު ބެލުމާއި ގްލޮކޮމާ ފަދަ ބަލިތައް ދެނެގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން އާސަންދައިން ކަވަރު ކުރާ 2000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

އަދި ވިދާޅުވީ އަންނަ މަހު ހުޅުމާލޭގައި އައިނު ފިހާރަ ހުޅުވާ ހިދުމަތްދޭން ފަށާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ ރީޖަނަލް ހޮސްޕިޓަލްގައި ވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ބޮޑުއަގުގައި ނަމްބަރުއައިނު ހައްދަމުންގެންދާ މައްސަލަ ހައްލު ކުރުމަށް އާސަންދައިގެ ފަރާތުން ކަވާ ކޮށްދެމުން އަންނަ 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. 

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ. އައިނުގެ ހިދުމަތްދޭ އަމިއްލަ ތަންތަނުން ވަރަށް ބޮޑު މާލީ މަންފާއެއް ހޯދަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ.

ކޮމެންޓް
ސުންބުލި
ތީ ވަރަށް ރަގަޅު ކަމެއް.‏
27 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.