ސައުދީ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް
ދުނިޔެ
29 Jul 2025 | 09:53
”ޣައްޒާގެ މައްސަލަ“ ހައްލުކޮށް، ސުލްހައިގެ މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ ބައިވެރިވުން މުހިންމު: ސައުދީ

ޣައްޒާގައި ހިނގަމުންދާ ”ކާރިސާއަށް“ ނިމުމެއް ގެނެސް، އިޒްރޭލާއި ފަލަސްޠީނާ ދެމެދު ސުލްހަ ގާއިމްކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާކޮށް ބައިވެރިވުން، މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސައުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެއެވެ.

ސައުދީ ޢަރަބިއްޔާ އާއި ފްރާންސުން އިސްވެ ނިއުޔޯކްގައި ފަލަސްޠީނުގެ ”ޓޫ ސްޓޭޓް ސޮލިޔުޝަން“އާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޕްރިންސް ފައިސަލް ވަނީ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތަކުގައި ވޮޝިންގޓަންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

"މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމުގައި އެމެރިކާއަކީ މުހިންމު ބައިވެރިއެއް. ރައީސް ޓްރަމްޕް މި ދާއިރާއިން ކާމިޔާބީތަކެއް ހާސިލްކޮށްފައިވާއިރު، އެބޭފުޅާގެ ސީދާ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ޓްރަމްޕް އަކީ ސުލްހައަށް ލޯބިކުރާ ބޭފުޅެއް އަދި ހަނގުރާމައާ ދެކޮޅު ބޭފުޅެއް. އެބޭފުޅާގެ ބައިވެރިވުން، ޣައްޒާގެ ކާރިސާއަށް ނިމުމެއް ގެނެސް، އިޒްރޭލާއި ފަލަސްޠީނާ ދެމެދު އޮތް ބޮޑު މައްސަލަ ހައްލުކުރުމަށް މަގުފަހިކޮށްދީފާނެ." ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދީ ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ ދައުލަތެއްގެ ގޮތުގައި ރަސްމީގޮތުން ބަލައިގަތުމަށް ތާއީދު ހޯދުމަށްޓަކައި، ޔޫރަޕާއި އޭޝިޔާގެ ގިނަ ގައުމުތަކަކާ މަޝްވަރާކުރަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން، "ގިނަ ގައުމުތައް ވަނީ ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަން ތައްޔާރުވެފައި،" ކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސް ފައިސަލް ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ސައުދީ ޢަރަބިއްޔާއިން ދެމުންދާ ވަރުގަދަ އެއްބާރުލުން ތަކުރާރުކުރައްވާފައެވެ. މިގޮތުން، މިނިވަން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަކީ ފަލަސްތީނަށް އޮތް ހައްގެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕްރިންސް ފައިސަލް ވިދާޅުވީ، ޣައްޒާގެ ގަތުލް އާއްމު ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް އަލުން އެކުލަވާލަން މިސްރާއި، ގަތަރާއި، އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ސައުދީ ޢަރަބިއްޔާއިން ފުރިހަމައަށް ތާއީދުކުރާކަމަށާ، އެހެންނަމަވެސް، ޣައްޒާ އެކަހެރިކުރުމަށް ނުވަތަ ހިފަން ކުރާ ހުރިހާ މަސައްކަތަކާ ދެކޮޅު ހަދާނެ ކަމަށެވެ.

ކޮމެންޓް
ދަންޑަހިލު
ހަމަހިތަށްއަަރަނި ތިއީ ޓެރަރިސްޓްޓުރަންޕާއި،އިޒްރޭލުގެއަޅުންބާވައޭ.😡
30 Jul 2025
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް