އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު
ހަބަރު
29 Jul 2025 | 15:17
ކޮރަޕްޝަން ކުޑަކުރުމަށް ފައްޔާޒުގެ ހުށަހެޅުން؛ ޕްރޮކިއުމެންޓަށް ހާއްސަ އިދާރާއެއް އުފެއްދުން

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހިނގާ ކޮަރަޕްޝަނުގެ އަމަލުތައް މަދުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ތެރެއިން ޕްރޮކިއުމެންޓު ވަކިކޮށް މަރުކަޒީ ޕްރޮކިއުމެންޓު އިދާރާއެއް އުފެއްދުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ހުށަަހަޅުއްވައިފިއެވެ. 

ރާއްޖެއަށް ގެންނަންޖެހޭ ސިޔާސީ އިސްލާހުތަކާމެދު ވާހަކަދެއްކުމަށް ގެނެސްދޭ ޕްރޮގުރާމު "ރިބޫޓް"ގެ ފުރަތަމަ އެޕިސޯޑުގައި ފައްޔާޒުވަނީ ރާއްޖޭގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް އޭނާ ގެންގުޅުއްވާ ވިސްނުންފުޅުތަކާމެދު ވަރަށް ތަފުސީލުކޮށް ވާހަކަފުޅުދައްކަވާފައެވެ. 

އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގާކަމަށް ތުހުމަތުވާކަން ފާހަގަކުރެއްވިއެވެ. އެ ޕްރޮގުރާމު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގައި ތިއްބެވި ބައެއް ބޭފުޅުން އޭނާ ވަޒީރުކަމުގައި ހުންނެވިއިރު ވައްކަމުގެ ތުހުމަތުތައް އޭނާއަށް އަމާޒުކުރެއްވިކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި ނިޒާމު މިހާރު އޮތް ގޮތުން ކޮރަޕްޝަނުަގައި ބައިވެރިނުވާ މީހުންނަށްވެސް ތުހުމަތުތަކުން ސަލާމަތްވެވޭނެ ގޮތްތަކެއް ނެތެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތަކާ ގުޅިގެން ސަރުކާރުތަކަށް ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވަނީ މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަން ހިންގާފައިވާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ސިޔާސީ ބޭނުމަށްވެސް ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވާކަމަށްވެސް ވިދާޅުވިއެވެ. 

ކޮރަޕްޝަން މަދުކުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވީ، ޓެންޑަރިން އަދި ޕްރޮކިއުމެންޓު ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނައުމެވެ. އޭނާ ހުށަހެޅުއްވީ، މަރުކަޒީ ނިޒާމެއް ގާއިމުކޮށް، މިނިސްޓްރީތަކާއި އިދާރާތަކުން ޓެންޑަރ އިވެލުއޭޓުކުރުމުގެ ބަދަލުގައި އެ އިދާރާއިން އެ މަސައްކަތްކުރުމެވެ. 

އޭގެ އިތުުރުަށް ރަށްރަށުގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓު ކައުންސިލުތަަކަށް އެއްކޮށް ދޫކޮށްލުމަށްވެސް ފައްޔާޒު ހުށަހަޅުއްވައެވެ. 

ފައްޔާޒުގެ ހިޔާލުގައި ރަށްރަށުގައި މަޝްރޫއުތައް ހިންގުމުަގައި ސަރުކާރުގެ ދައުރަކަށް ވާންޖެހެނީ މަޝްރޫއުތައް ހިންގަން ކައުންސިލުތަކުން ހުށަހެޅުމުން ބަޖެޓު ހަމަޖައްސައިދިނުމެވެ. އެއަށްފަހު އެ މަސައްކަަތްތައް ކުރިއަށްގެންދިއުން ކައުންސިލުތަކަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.