އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް ފަސީހުއާ ލަންކާގެ ރައީސް އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: އިމިގްރޭޝަން
ހަބަރު
31 Jul 2025 | 09:17
އަވައްޓެރި ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ތިންމަހުގެ އޮންއެރައިވަލް ވިސާ ދޭން ނިންމައިފި

އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެއިން 3 މަހުގެ އޮންއެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ރާއްޖެއާ އެންމެ ކައިރީ އޮންނަ ލަންކާގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދޭން ފަށާފައިމިވަނީ އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބޭއްވި މަޝްވަރާތަކުގައި އެއްބަސްވި ކަންކަމުގެ ތެރެއިންނެވެ. ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން އޮންއެރައިވަލް ވިސާ ދޭން ނިންމި ނިންމުމަށް އަމަލުކުރަމުންގެންދާކަމަށް އިމިގްރޭޝަނުންވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖުލައިމަހުން ފެށިގެން ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން އޮންއެރައިވަލް ވިސާ ލިބޭނޭކަމަށެވެ. އެއީ 90 ދުވަހެވެ.

ސްރީލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެންމެ އަވައްޓެރި ޤައުމެވެ. ރައްޖެއަށް މިނިވަންކަން ލިބުމަށްފަހު އެންމެފުރަތަމަ ސިޔާސީގުޅުން ގައިމްކޮށްފައިވަނީ ލަންކާއާ އެވެ. ލަންކާ ފާހަގަކުރެެވެނީ ޒަމާނުއްސުރެވެސް ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ގޮސްއުޅޭ ޤައުމުގެ ގޮތުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ސްރީލަންކާއިން ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި 5,174 މީހުން ޒިޔާރަތްކުރިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.