ތައިލެންޑް.. ފޮޓޯ: އިންޓަނެޓް
ހަބަރު
13 Sep 2025 | 17:10
ގދ.އަތޮޅު ކައުންސިލް މެމްބަރުން ބެންކޮކަށް ކުރި ދަތުރު އޮޑިޓަރަށް ކަމަކު ނުދިޔަ

ގދ.އަތޮޅު ކައުންސިލް މެމްބަރުން 2023 ވަނަ އަހަރު ތައިލެންޑަށް ތަޖުރިބާހޯދަން ކުރި ދަތުރަކީ ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހަރަދުތައް އުފެއްދުންތެރިކުރުމަށް ގެންގުޅޭ މިންގަނޑާ އެއްގޮތަށް ކުރި ދަތުރެއްކަމަށް ބެލެވެން ނެތްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލް މެމްބަރުން ތައިލެންޑަށް ކުރި ދަތުރަށް ޖުމްލަ 559،168 ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެސިޝަންސީ އިތުރުކުރުމަށް މާލީ ވުޒާރާއިން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސަރކިއުލާ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއްކަމަށް ނުބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ ސާކިއުލާގެ 4 ވަނަ ނަމްބަރުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށެވެ. 

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ތައިލެންޑަށް ކުރި 10 ދުވަހުގެ އެ ދަތުރުގައި އެ އިދާރާގެ 9 ކައުންސިލް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 10 މެމްބަރުން ބައިވެރިވިއެވެ. އޮޑިޓް އޮފީހުން ބުނެފަިއވަނީ މި ދަތުރުކޮށްފައިވަނީ ދަތުރަށް ހަރަދުވާ ފައިސާ ލިބޭނޭ ގޮތެއް ނުހޯދައިކަމަށެވެ. 

ކައުންސިލުން ތައިެލްނޑް ދަތުރަސް ކުރި ހޭދައިގެ ތަފްސީލް

ކައުންސިލް މެމްބަރުން މި ދަތުރުގައި ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ އާ ބައްދަލުކުރުމާއި، ގދ އަތޮޅުގެ ލޯކަލް ޓޫރިޒަމް  ކުރިއެރުވުމަށް ތައިލެންޑްގެ ފުކެޓް ގެ ޓޫރިޒަމް ޕްރޮމޯޝަނާއެކު މަޝްވަރާކޮށް ޕަތާޔާގެ ލޯކަލް ޓޫރިޒަކް ކަލްޗަރ ކުރިއެރުވުމަށް އެފަރާތްތަކުގެ  ކަލްޗަރ އާއި ހޮސްޕިޓާލިޓީ ބޭނުންކުރާގޮތާއި މެދު މަޝްވަރާކުރިކަމަށް ބަޔާންކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީ އޮންނައިރު، ލޯކަލް ކައުންސިލުން މިބާވަތުގެ ކަންކަން ކުރުމުގެ ބަދަލުގއި އެކުންފުނިން މިބާވަުގެ ކަންކަން ކުރުމުން ހަގީގީ މަގްސަދު ފުރިހަމަވުމަށް މަގުފަހިވެގެންދާނޭކަމަށެވެ. އެގޮތުން ކައުންސިލުން އެމްއެމްޕީއާރުސީއާ މިކަމުގައި މަޝްވަރާކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. 

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގަިއ ވަނީ ކައުންސިލްތަކުން މިފަދަ ކަންކަމަށް ހަރަދުކުރުމުގައި ފިނޭންސް މިނިސްޓްރީން ނެރެފަިއވާ ސާކިއުލާއަށް ތަބާވެ، ސްޕޮންސަރުންގެ އެހީ ހޯދައިގެން ނޫނީ އެފަދަ ދަތުރުތައް ކުރިއަށް ނުގެންދިއުމަށް ލަފާދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.