މީޑިއާ ބިލް ފާސްކުރުމާއި އެއްކޮޅަށް މުޒާހަރާ ކުރަނީ -- ފޮޓޯ: ވޮއިސް
ހަބަރު
16 Sep 2025 | 17:43
ދެ މުޒާހަރާއެއް ކުރިއަށް: އެއްބަަޔަކު ގޮވަނީ މީޑިއާ ބިލް ބޭރުކުރަން، އަނެއް ބަޔަކު ގޮވަނީ ބިލް ފާސްކުރަން

މީޑިއާ ބިލް ފާސްކުުރުމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވަނިކޮށް އެ ބިލް ފާސްކުރަން ގޮވާލާ ވެސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.

ދެ މުޒާހަރާ ވެސް ކުރިއަށް ދަނީ މަޖިލީސް އިދާރާ ކައިރީގަ އެވެ. މުޒާހަރާ ކުރިއަށްދާއިރު މީޑިއާ ބިލް ފާސްކުރުމާއިމެދު މަޖިލީހުން ކުޑައިރުކޮޅެއްގެ ތެރޭގައި ގޮތް ނިންމާނެ އެވެ. މިހާރު ކުރިއަށް ދަނީ ބަހުސްގެ މަރުހަލާ އެވެ.

މީޑިއާ ބިލް ފާސްކުުރުމާއި ވަރަށް ގިނަ ނޫސްވެރީން ދެކޮޅު ހަދަ އެވެ. ނޫސްވެރީން ދަނީ މަޖިލީސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާއަށް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ތާއީދުކޮށް ދަނީ ބައިވެރިވަމުންނެވެ. އެމްޑީޕީގެ އިސް ވެރީން ވެސް މުޒާހަރާގައި ބައިވެރިވެ އެވެ.

މީޑިއާ ބިލާއި ދެކޮޅަށް ނޫސްވެރީން މުޒާހަރާ ކުރަނީ -- ފޮޓޯ: ވޮއިސް

މީޑިއާ ބިލް ފާސްކުރުން އަވަސް ކުުރުމަށް ގޮވާލާ މުޒާހަރާ ކުރަމުން ދަނީ ސަރުކާރަށް ތާއީދު ކުރާ ބައެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ.

އެ މީހުން ދަނީ ބިލް ފާސްކުރަަން ޖެހޭ ކަަމަށް ބުނެ އަޑުއުފުލަމުންނެވެ. އެ ބިލް އަވަހަށް ފާސްކުރުމަށް ވެސް ގޮވާލާ އަޑުއުފުލާފައިވެ އެވެ. އެ މީހުން ތިބީ އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑްތައް ވެސް ހިފައިގެންނެވެ.

މީޑިއާ ބިލާއި ދެކޮޅަށް ނޫސްވެރީން މުޒާހަރާ ކުރަނީ -- ފޮޓޯ: ވޮއިސް

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ހުށައެޅި ބިލާމެދު ނޫސްވެރީންގެ ގިނަ ކަންބޮޑުވުންތަކެއް އޮތުމުން ސަރުކާރުން ވަނީ ބިލަށް 14 އިސްލާހެއް ހުށައަޅާފަ އެވެ. 

ކޮމެންޓް
ހައްގުބަސް
މީޑިޔާބިލް އަވަހައް ފާސްކުރޭ. މީޑިޔާ އަކީ ރައްޔިތުންގެ ތެރޭގަ ދޮގު ހަބަރު ފަތުރާ ރައްޔިތުން ބަދުނާމު ކޮށް އާއިލާ ތައް އަގުވައްޓާލަ ކަންކަން ކުރަމުން އެފަދަ ބިލްތައް ފާސްކުރަންޖެހޭ
17 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.